ކުއްލި ޚަބަރު

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

ކާވާ ޗެމްޕިއަންސް ލީގުގައި ބިދޭސީ ފަސް ޓީމާއި ރާއްޖޭގެ ހުރަ އާއި ވެމްކޯ

އީރާނު ރައީސްގެ ރައްދު އެމެރިކާގެ ރައީސަށް: އީރާނަށް ހަމަލާ ދީފިނަމަ ވޭންދެނިވި ރައްދެއް ދޭނަން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ ވަރަށް ވޭންދެނިވި ގޮތެއްގައި ރައްދު ދޭނޭ ކަމަށް އީރާނުން ވައުދުވެއްޖެއެވެ.

އީރާނުން މިކަމަށް ވައުދުމިވީ، އީރާނުން ނިއުކްލިއަރ ޕްރޮގްރާމްގެ މަސައްކަތް އަލުން ފަށައިފިނަމަ ނުވަތަ މިސައިލް ގާބިލްކަން އިތުރުކުރަން މަސައްކަތް ކޮށްފިނަމަ އީރާނަށް އަލުން ހަމަލާ ދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކުރުމާ ގުޅިގެންނެވެ.

ޓްރަމްޕް މިކަމަށް އިންޒާރުކުރީ، އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫ އެމެރިކާއަށް ގެންގޮސް އޭނާއާ ފްލޮރިޑާގައި ބައްދަލު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ޓްރަމްޕް ބުނީ، ނިއުކްލިއަރ ޕްރޮގްރާމް އަލުން ތަރައްގީކުރަން އީރާނުން މަސައްކަތް ކުރާނަމަ އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ޖެހިދާނޭ ކަމަށާއި، އަދި ހަމަ އެއާއެކު، އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އިސްރާއީލުން ހަމަލާ ދިނުމަށް އެމެރިކާއިން ތާއީދު ދޭނޭ ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އީރާނާ ދެކޮޅަށް ހަމަލާ ދީފިނަމަ އީރާނުންދޭ ރައްދު ވޭންދެނިވި އަދި އެ ބަޔަކު ހިތާމަކުރަންޖެހޭ ފަދަ ރައްދަކަށް ވެގެންދާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މުޖުރިމު ނަތަންޔާހޫ ދެއްކި ހުރިހާ ވާހަކަތަކެއް ގަބޫލުކޮށް ހަމަ އެ މޭރުމުން އީރާނަށް އިންޒާރުތައް ދީފައެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއިން މީގެކުރިން އިންޒާރުތައް ކުރި ނަމަވެސް، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އަމާޒުކޮށް ހަމަލާދޭނޭ ވާހަކައެއް އެމެރިކާއިން މީގެކުރިން ނުދައްކައެވެ.

އެކަމަކު، ޓްރަމްޕް އާދީއްތަ ދުވަހު ބުނެފައިވަނީ، އިސްރާއީލުން ދޭ ހަމަލާއަށް އެމެރިކާއިން ވާގިވެރިވާނޭ ކަމަށެވެ.

އީރާނުން ބެލިސްޓިކް މިސައިލް ޕްރޮގްރާމް ތަރައްގީކޮށް، މިސައިލް އުފައްދައި ޖަމާކުރަމުން ގެންދާ ކަމަށް ބުނެ އިސްރާއީލުން ތަކުރާރުކޮށް ގެންދަނީ ޓްރަމްޕަށް ޝަކުވާ އުފުލަމުންނެވެ.

އިސްރާއީލު ބޭނުންވާ ގޮތަށް، އީރާނަށް އަނެއްކާވެސް ހަމަލާދޭން އެމެރިކާގެ ރައީސް މިހާރު މިވަނީ އެއްބަސްވެފައެވެ.

މިއަހަރުގެ ޖޫންމަހު އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށުމުން، އީރާނުން ދޭންފެށި ވަރުގަދަ ރައްދު ހަމަލާތައް 12 ދުވަހަށް ދެމިގެންދިޔައެވެ.

ހަނގުރާމައިގެ ތެރެއަށް އެންމެފަހުން އެމެރިކާވެސް ވަދެ، އަދި ހަނގުރާމަ ހުއްޓުވަން އެއްބަސްވުމަކަށް ދިޔައީ، އީރާނުން އިސްރާއީލު މުޅިން ސުންނާފަތި ކޮށްލާނޭކަން ކަށަވަރު ކުރުމުންނެވެ.

އެތައް އަހަރެއްގެ ދަތިކުރުން ތަކާއެކުވެސް، 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ދެއްކި ގާބިލްކަން ފެނި، ޚުދު ދުޝްމަން އިސްރާއީލަށްވެސް ސިހުން ގެނުވިއެވެ. އީރާނު ހަމައެކަނި މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތައް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނާ ވާހަކަ ދެއްކުމުގެ ޚިޔާލު ދޫކޮށް، ވަގުތުން ހަމަލާދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ޕްރެޝަރ ބޮޑުކުރަނީ

ރަފަހް ދޮރާށި އަލުން ހުޅުވި ނަމަވެސް، މިސްރަށް މިއަދު އެތެރެވެވުނީ އެންމެ 5 ބަލިމީހުންނަށް

ގަލްފްގައި ހުރި އެމެރިކާގެ ބޭސްތަކަށް މިފަހަރު ހަމަލާދޭނީ ކުރިން އެންގުމަކާ ނުލައި ކަމަށް އީރާނުން ބުނެފި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

TTH_advertisement