ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ މަހަށް ބޭރުގެ ހާފިޒުން ގެނައުމަށް ވިސާއަށް އެދެން ހުޅުވާލައިފި

Image 20

އަންނަ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް، ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަަށް ވިސާއަށް އެދެން ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ޙާފިޡުން ގެނައުމަަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ މީހުންނަށް ޙާފިޡުން ގެނައުމަށް މިހާރު ވިސާއަށް ހުށަހެޅޭނެ ކަމަށެވެ.

ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ލިޔެކިޔުންތަކާއެކު މިހާރު އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ހާފިޒުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެއިތުރުން ސްޕެޝަލް ވިސާ ދޫކުރެވޭ ހާފިޒުންނާއި ގާރީން ރާއްޖެ ވަޑައިގަންނަވާއިރު، އެފަރާތްތަކުގެ އާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސާޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެއެވެ.

ރަމަޟާން މަހު މިސްކިތްތަކުގައި ނަމާދުކުރަން ގެންނަ ހާފިޒުންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން ސްޕޮންސަރޝިޕް ޑެކްލެރޭޝަނަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

haafizun

ހާފިޒުން ދަސްވެނިވުމުގެ ހަފްލާ އާދީއްތަ ދުވަހުގެ ރޭ ބާއްވަނީ