ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރާލުގެ މައްސަލައެއްގައި ހިމެނޭ ބިދޭސީން ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފި

Image 20

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރުމުގެ ތުހުމަތުގައި މާލެއިން ހަ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ މާފަންނުގައި ހުންނަ ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލްގެ ފަސް ފިރިހެނުންނާއި އަންހެނެކެވެ.

ހައްޔަރުކޮށްފައި ވަނީ 43 އަހަރުގެ ޗައުދަރީ ސްރެންދްރަ އާއި 28 އަހަރުގެ ސުގަންދަ ކުމާރު ޗައުދަރީ އާއި 24 އަހަރުގެ ޗައުދަރީ އަދި 27 އަހަރުގެ މަކަރް ބަހާދުރް ޓަމަންގެ އިތުރުން 37 އަހަރުގެ ބިޝްވަނާތް ޗައުދަރީ އާއި 27 އަހަރުގެ ރަމްރި މާޔާ ވައިބާ އެވެ.

އެ އެންމެން ވެސް ޑީޕޯޓުކުރަން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!

އޮފީސް ޓޭބްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި