ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

މަސްވެރީންނާއި ޓޫރިޒަމް މުވައްޒިފުންނާއި ޓެކްސީ ޑްރައިވަރުންނަށް 350 ފްލެޓް ކަނޑައަޅައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުސޫލުގައި މަސްވެރީންނާއި ޓޫރިޒަމް ދާއިރާގެ މުވައްޒިފުންނާއި ޓެކްސީ ޑްރައިވަރުންނަށް 350 ފްލެޓް ކަނޑައަޅައިފި އެވެ.

ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިރޭ ވަނީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށްފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލެވެ.

އިއުލާނުގައިވާ ގޮތުން 7,900 ފްލެޓް ދޫކުރާނެ އެވެ.

އެގޮތުން މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް 100 ފްލެޓް ޚާއްސަކޮށްފައިވާއިރު މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް ވަނީ 200 ފްލެޓް ޚާއްސަކޮށްފަ އެވެ. އަދި މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 50 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

މި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިން 4,000 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ. 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް 100 ފްލެޓް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަނީ 100 ފްލެޓް ކަނޑައަޅާފަ އެވެ. ޒުވާނުން 250 ފްލެޓް ކަނޑައަޅާފައިވާއިރު މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑީޝިއަރީގެ މުވައްޒަފުންނަށް 100 ފްލެޓް އަދި ފުލުުހުންނާއި ސިފައިން އަދި ކަރެކްޝަންގެ މުވައްޒިފުންނަށް ޚާއްސަކޮށް ކޮންމެ މުއައްސަސާއަކަށް 100 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް 200 ފްލެޓް އަދި އެކި އޮފީސްތަކަށް 400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

TTH_advertisement