ސްކޫލް ބަންދުގައި އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ގައުމީ އެއާލައިން، މޯލްޑިވިއަނުން، ޖިއްދާއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަނުން މިމަހުގެ 13 ވަނަ ދުވަހު ބުނެފައިވަނީ މާލެއިން، ޖިއްދާއަށް ތިން ފްލައިޓެއް ބާއްވާނެ ކަމަށާއި އެއީ މި މަހުގެ 27 އަދި 28 ވަނަ ދުވަހުގައި ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ޖިއްދާއިން، މާލެއަށް އަންނަން ޖެނުއަރީ 10، 11 އަދި 12 އަށް، ފްލައިޓެއް ތާވަލު ކޮށްފައިވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ޕޭރެންޓިން ކޮމްޕެނީ، އައިލެންޑް އެވިއޭޝަންސް ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ޖިއްދާ، ކޮޗިން އަދި ޓްރިވަންޑްރަމަށް ކުރާ ދަތުރުތަކަށް ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އެ މަންޒިލުތަކަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފައިވާކަމަށް އައިއޭއެސް އިން ބުންޏެވެ.
އެގޮތުން ޖިއްދާއަށް 20 އަށްވުރެ ގިނަ ދަތުރު ޝެޑިއުލްކޮށްފައިވާ ކަމަށާއި ކޮޗިން އަދި ޓްރިވަންޑްރަމަށް ކުރާ ދަތުރުތައް 10 އަށްވުރެ އިތުރުކޮށްފައިވާކަމަށް އައިއޭއެސްއިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު