ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައު ޓާމިނަލުން އެއޮރޯފްލޮޓް އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލުން އެއޮރޯފްލޮޓް އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ޓަރމިނަލް 1އިން އެއޮރޯފްލޮޓް އެއަރލައިނަށް ޚިދުމަތް ދޭން ފެށުމަށް ޓަރމިނަލުގައި ވަނީ، ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ޙުސައިން ފަޙުމީއެވެ.

މި ރަސްމިއްޔާތުގައި އެއޮރޯފްލޮޓުގެ ޖެނެރަލް މެނޭޖަރ އޮފް ދަ މޯލްޑިވްސް އެވެންގީ ރަޓުޝްނީ، ކޮންސަލް އޮފް ދަ ރަޝިއަން ފެޑެރޭޝަން އިން ދަ މޯލްޑިވްސް އަލެސްކި އިޑަމްކިންއާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އެކްސްކޯ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެއޮރޯފްލޮޓް އެއަރލައިނަކީ، ރަޝިއާގެ އެންމެ ބޮޑު އެއަރލައިންނެވެ.

އެއޮރޯފްލޮޓްއާއެކު ޓަރމިނަލް 1 އިން މިހާރު 39 އެއަރލައިނަކަށް ދަނީ، ޚިދުމަތް ދެމުންނެވެ. އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ދަތުރު ކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MACL taxi

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭގޮތަށް، ހަމަޖައްސައިފި

velaana airport macl

ފަސް މަންޒިލެެއްގެ ފްލައިޓުތަކާއެކު ރާއްޖެއަށް އިތުރު ފްލައިޓުތައް ފަށައިފި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް