ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ (28 ޑިސެންބަރު 2025) ހުޅުމާލޭގެ ދެ ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
‘އެކްސް’ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް ކޮންމެހެން މެދުކަނޑާލަައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހުޅުމާލެ، ހިރުނދުމަގާއި، އަހިގަސްމަގު ހިމެނޭ ސަރަޙައްދުން ހެނދުނު 10:00 އާއި 10:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހަމައެހެންމެ، ހުޅުމާލެ، އުނިގަސްމަގާއި، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުން 28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އަދި، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު