ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދިން 38 ވަނަ އެއާލައިނަކަށް ހައިސްކައި އެއާލައިން

Whatsapp image 2025 12 27 at 18.32.58

ބަޖެޓް އެއާލައިނެއްކަމަށްވާ ހައިސްކައި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ބޭނުނުން ކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި އެމްއޭސީއެލުން ވަނީ ވީއައިއޭގެ އާ ޓާމިނަލްގައި ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ގްރޫޕް ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.

މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރާއި، ހައިސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވިއެވެ.

ހައިސްކައި އިން އާ ޓާމިނަލް ބޭނުންކުރުން ފެށުމުގެ ގޮތުން މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަނީ، އެ ފްލައިޓުން ރާއްޖެ އައި 222 ފަތުރުވެރިންނަށް ސަގާފީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ހައިސްކައި އެއާލައިނާއެކު އާ ޓާމިނަލް ބޭނުންކުރާ އެއާލައިންތަކުގެ އަދަދު ވަނީ 38 އަށް އަރާފައެވެ.

ވީއައިއޭގެ އައު ޓާމިނަލްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

airport velana

ރާއްޖެ އަންނަން އޮތް ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލް

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

velana terminal VIA

ޑޮމެސްޓިކް ޓަރމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މިއަދު ބަދަލުކުރަނީ