ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމް ކުރުމަށް ސައުދި އަރަބިއްޔާއިން އިސްވެ އޮވެ ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ޔަމަނުގައި ހަމަޖެހުން ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި އެ ގައުމުގެ ހަމަޖެހުމާއި ސުލްޙަ ގާއިމްކުރުމަށް، ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާޢީދު ކުރާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެޤައުމުގެ މަސްރަޙު ފިނި ކުރުމަށް ސަޢުދި އަރަބިއްޔާގެ އިސްނެގުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެޤައުމުގެ މިނިވަން ވެފައިވާ ސަރަހައްދުތަކުގައި ހަމަޖެހުން ޤާއިމްކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަށްވެސް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.

ޔަމަނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މިމަސައްކަތުގައި އެޤައުމުގެ އެތެރޭގައި މަސްލަހަތު ހިމެނޭ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި މިމަސައްކަތުގެ ތެރެއިން ޔަމަނުގެ ރައްޔިތުންނަށް ތަރައްޤީއާއި، ފާގަތިކަން ލިބި، އެޤައުމުގައި ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުން މުހިންމު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މިފަހުން ޔަމަނުގެ އެތެރޭގައި އެކި ގްރޫޕްތަކުގައި މެދުގައި ހިންގާ ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. މިމައްސަލަ ހައްލު ކުރުމަށް ސަޢުދި އަރަބިއްޔާއާއި އެހެން ބައެއް ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

މެދުއިރުމަތީގައި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

kulli khabaru

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

767

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި