ކުއްލި ޚަބަރު

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ބަޔޯމެޓްރިކްސް ޑޭޓާ ދޭ ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން ސަރުކާރުން ނިންމައިފި

އެމްޕީއެލްގެ ހިދުމަތައް ރަނގަޅު ކުރުމަށް ހިޔާލެއް ދެއްވުމަށް، މި ސާވޭގައި ބައިވެރިވެލައްވާ!

ރަސްމާލެ ހިއްކުމުގެ 30 ޕަސެންޓް މަސައްކަތް ނިމިއްޖެ

Mm

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެނައުމަށް ރަސްމާލެގެ ނަމުގައި ތަރައްގީކުރަން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ 30 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެމްއޭސީއެލް އިން ބުނީ ރަސްމާލޭގެ ސައިޓު “އޭ”ގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ‘ކްރިސްޓަބެލް ކޮލޯން’ އެވެ. ‘ކްރިސްޓަބެލް ކޮލޯން’ ގެނެސްގެން މަސައްކަތްކުރަން ފެށުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ނިންމަވާފައި ވަނީ ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އަދި، އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަސްމާލެއިން 25،000 ގޯތި އަންނަ އަހަރުގެ ތެރޭގައި ދޫކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެ ގޯތިތައް ދޭނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަސްމާލެ “އޭރިއާ އޭ” ގެ 41 ހެކްޓަރު ހިއްކައިފި

ގުރައިދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަހައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކުރިއަށް

velana airport

އާ ޓާމިނަލުން ފަސް ލައްކަ ފަސިންޖަރުންނަށް ހިދުމަތް ދީފި

airport

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަަށް ތަފާސްހިސާބުތަކުން ދައްކައިފި

TTH_advertisement