ކުއްލި ޚަބަރު

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ބަޔޯމެޓްރިކްސް ޑޭޓާ ދޭ ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން ސަރުކާރުން ނިންމައިފި

އެމްޕީއެލްގެ ހިދުމަތައް ރަނގަޅު ކުރުމަށް ހިޔާލެއް ދެއްވުމަށް، މި ސާވޭގައި ބައިވެރިވެލައްވާ!

ރަސްމާލެ “އޭރިއާ އޭ” ގެ 41 ހެކްޓަރު ހިއްކައިފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރާއެކު މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން “އޭރިއާ އޭ” ގެ 41 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ފަރާތުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މިހާރު އެ ސައިޓުގެ “އޭރިއާ އޭ” އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރު ނިމިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ ސައިޓުގެ 30 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ 2 ޑްރެޖަރާއެކު ‘ކްރިސްޓަބެލް ކޮލޯން” ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރާއެކުއެވެ. އަދި މި ޑްރެޖަރަކީ ޖާން ޑި ނަލްގެ ފަރާތުން އޮޕަރޭޓް ކުރާ ޑްރެޖަރެއްކަން ފާހަގަކޮށް ކެޕޭސިޓީއަކީ 46000 ކިއުބިކް މީޓަރު ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި މި ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށް އެމެއޭސީއެލް އިން ވަނީ ބުނެފައެވެ.

މިމަޝްރޫޢުގައި 12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކަމުންދާއިރު، މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫޢުއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސް ނިންމަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ރަސްމާލެ ހިއްކުމުގެ 30 ޕަސެންޓް މަސައްކަތް ނިމިއްޖެ

ގުރައިދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަހައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކުރިއަށް

velana airport

އާ ޓާމިނަލުން ފަސް ލައްކަ ފަސިންޖަރުންނަށް ހިދުމަތް ދީފި

airport

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަަށް ތަފާސްހިސާބުތަކުން ދައްކައިފި

TTH_advertisement