ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތިން ނެގި ގަސްތައް ހުޅުމާލޭގައި އިންދަނީ

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ޖެނުއަރީ 10 ގެ ކުރިން ހުރިހާ ސްކޫލުތަކަށް ފޮތް ފޮނުވޭނެ: އެޑިއުކޭޝަން

school darivarun

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ވެސް ޓެކްސްޓް ފޮތްތައް ފޮނުވޭވަރު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު ސްކޫލުތަކުން ރިޕޯޓު ފޮތް ދީ، ރަސްމީކޮށް ކިޔެވުން ބަންދުކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެއާއެކު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަމުން އަންނަ ކަމަށާއި، އަންނަ ޖެނުއަރީ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު ގިނަ ސްކޫލުތަކުގައި ސްޓޭޝަނަރީ ވައުޗަރު ދޫކުރަމުން އަންނަ ކަމަށް ވެސް އެތަނުން ހާމަކުރި އެވެ.

ތައުލީމީ ކަލަންޑަރަށް ބަލާއިރު، އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ގަ އެވެ. އޭގެ ކުރިން ޖެނުއަރީ 25 ގައި ޓީޗަރުން ނުކުންނާނެ އެވެ. ފެބްރުއަރީ 18 ގައި ރޯދަ މަސް ފެށޭއިރު، ފަހު ދިހައިގައި ސްކޫލުތަކުގެ ކިޔެވުމެއް ނޯންނާނެ އެވެ. އަދި ރޯދަ މަހުގެ ފަހު ދިހަ އަކާއި ފިތުރު އީދާއެކު ދަރިވަރުންނަށް 14 ދުވަހުގެ ބަންދެއް ލިބޭނެ އެވެ. އަންނަ އަހަރުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު 18 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކްލާސްރޫމް، އެޑްމިން ބްލޮކް އިމާރާތްކުރަން އެފްޑީސީއަށް

މާވަށު ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

އަންނަ ދިރާސީ އަހަރު ހުރިހާ ދަރިވަރުން ކިޔަވާނީ އޭސީ ކުލާސްތަކުގައި: ރަައީސް

TTH_advertisement