ކުއްލި ޚަބަރު

“ރާޔާ މާލެ” ނަމުގައި ހިންގާ ޕޭޖްގެ އަވާގައި ޖެހިއްޖެނަމަ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ސިންކުންތެއްގެ ތެރޭ ގެއްލޭނެ!

މާލޭގެ ސްކޫލްތައް ކައިރީ ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަނީ

އޮޕަރޭޝަން އަލިގަމު: މަސްތުވާތަކެއްޗާއި ފައިސާތަކާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

އެމިރޭޓްސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފަށައިފި

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިން ކަމުގައިވާ އެމިރޭޓްސްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލުން ހިދުމަތް ދޭން ފަށައިފިއެވެ.

އެމިރޭޓްސްއަށް ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތް ފޯރުކޮށްދޭން ފެށުން ފާހަގަކުރުމަށް އިއްޔެ އެ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް ތާރިގު އިބްރާހީމެވެ.

ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި އެމިރޭޓްސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ޓާމިނަލް އެކަކުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ހިދުމަތް ދޭން ފަށާފައިވާއިރު، އެ ޓާމިނަލުގައި ހުރި އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އިއްޔެ ވީއައިއޭއިން ފުރި އެމިރޭޓްސްގެ 310 ފަސިންޖަރަކަށް ހިދުމަތް ފޯރުކޮށްދިނެވެ.

އަދި އައު ޓާމިނަލަށް ކައިރިކުރި އެމިރޭޓްސްގެ އީކޭ-660 މަތިންދާބޯޓުގައި ރާއްޖެއަށް އައި 298 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެ ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ސަގާފީ ހަރަަކާތްތައް ބާއްވާފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސްއަކީ މެދުއިރުމަތީގެ އެއްވަނަ އެއާލައިނެވެ. މި އެއާލައިނަކީ އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ޔުނައިޓެޑް އަރަބިކް އެމިރޭޓްސްގެ ހަތަރުވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށީ މޭ 27، 1987 ގައެވެ.

އެމިރޭޓްސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު މިހާރު އައު ޓާމިނަލުން އަންނަނީ ޖުމްލަ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana-seaplane-check-in

އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި

Maldives new terminal

އެއަރޕޯޓުގައި ޚިދުމަތެއް ދެވޭނީ ޚާއްސަ ހުއްދައެއް ހޯދައިގެން: ވީއައިއޭ

ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި

އާޓާމިނަލުން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފަށައިފި

TTH_advertisement