ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ އެންމެންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެނައުމީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަަމަށެވެ. އެގޮތުން އެންމެ ފަހުން އެމަނިކުފާނަށް ބަންޑާރަ ނާއިބުގެ އޮފީހުން ދެއްވި މައުލޫމާތުން ކުރިއަށް އޮތް މާޗް މަސް ނިމެންވާއިރަށް ވާނުވާ ބަންދުގައި އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ވިދާޅުވިއެވެ.

“މި އަންނަ މާޗް މަސް ނިމެންވާއިރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަަތައް,” ރައީސް ވިދާޅުވިއެވެ.

ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބަންޑާރަނައިބުގެ އޮފީހުން ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް