ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ގެސްޓް ހައުސްއަކުން މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

Whatsapp image 2025 12 21 at 14.50.53

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ ޖުމްލަ 40 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 63.5 ޕަސެންޓެވެ. އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން ބުނީ މިއަދު އާންމުކުރި އެ ސަރަހައްދުގެ ފޮޓޯތަކާ އެކު، ހުޅުމާލެ ތިނަކާއި ފަރުކޮޅުފުށި އެއްކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އެމްއޭސީއެލް އިން ވަނީ އާންމުކޮށްފައެވެ.

ފަރުކޮޅުފުއްޓަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ރަށެކެވެ.

ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ އެ ސަރަހައްދު ނުހިއްކާ ގޮތަށެވެ. ކުރިން މާސްޓަޕްލޭންގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށެވެ. އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. ނަމަވެސް ފަހުން ނިންމީ އެތަން ހިއްކާ ގޮތަށެވެ.

ހުޅުމާލެ ފޭސް ތިނަކުން މިދިޔަ ސަރުކާރުން ވަނީ 1،351 ގޯތި މާލޭގެ ރައްޔިތުންނަށް ދީފައެވެ. އެ ގޯތިތަކުގެ ގުރުއަތުލުން އިއްޔެ ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 12 20 at 11.59.56

ފޭސް ތިނަކުން ދޫކުރި 698 ގޯތީގެ ގުރުއަތުލައި ނިމިއްޖެ

Ii

ފޭސް ތިނަކުން ދޫކުރި ގޯތި ލިބުނު މީހުންގެ މެދުގައި ހޮނިހިރު ދުވަހު ގުރުއަތު ނަގަނީ

893

ހުޅުމާލޭގެ ސެކިޔުރިޓީ ވަރުގަދަ ކުރަން އެސްޓޭޓް ސެކިޔުރިޓި ތައާރަފްކޮށްފި

ތިންވަނަ ފިޔަވަހި ބާރަށް ކުރިއަށް، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވޭ

TTH_advertisement