ކުއްލި ޚަބަރު

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

މީހަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމެއް

ވަގަށް ނެގި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

990

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި އެޑިއުވެސްޓްއާ ގުޅިގެން ބާއްވާ ބަންގްލަދޭޝް މެޑިކަލް އެޑިއުކޭޝަން އެކްސްޕޯ ފަށައިފިއެވެ.

އެއީ ބަންގްލަދޭޝްގައި މެޑިސިން ކިޔެވުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، އެ ގައުމުގައި ހުރި އެކި ޔުނިވާސިޓީތަކާއި އެތަންތަނުގައި ހުންނަ އެކި ފެސިލިޓީތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭ އެކްސްޕޯއެކެވެ. އިއްޔެ ހަވީރު ނަސަންދުރާ ބާސެލޯގައި ފެށި އެ އެކްސްޕޯ މިއަދު ވެސް ހަވީރު 4 އިން ރޭގަނޑު 9 ޖަހަންދެން ކުރިއަށް ދާނެ އެވެ. އެ ތަނުގައި ބަންގްލަދޭޝްގެ 15 ކޮލެޖާއި ޔުނިވާސިޓީތަކުގެ މައުލޫމާތު ލިބޭނެއެވެ.

އެ އެކްސްޕޯ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް ވިދާޅުވީ އެއީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް, އެ ގައުމުން ދިވެހިންނަށް ހުރި ފުރުސަތުތައް ފޯރުކޮށްދިނުމަށް ތަނަވެސްވެގެންދާ މަގެއް ކަމަށެވެ. އަދި ރާއްޖެއަކީ އަވަށްޓެރި ގައުމަކަށް ވާތީ, އެ ގައުމުން ލިބެން ހުރި ތައުލީމީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އޭނާ ގޮވާލެއްވިއެވެ.

އެ ގައުމުން ތައުލީމު ހާސިލްކޮށްފައިވާ ގިނަ އަދަދެއްގެ ޑޮކްޓަރުން ރާއްޖޭގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. ހައިކޮމިޝަނަރު ވިދާޅުވީ އިތުރު ދިވެހި ޑޮކްޓަރުން އެ ގައުމުން ތައުލީމު ހާސިލް ކުރުމަށްފަހު ހިދުމަތްކުރާ ތަން ފެނުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށްޓަކައި އެ ގައުމުން ދެމުންދާ ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ބޭނުން އަވަހަށް ހިފުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރްނާ ވިދާޅުވީ އެ އެކްސްޕޯ އަކީ ބަންގްލަދޭޝްގައި ހުރި ފުރުސަތުތަކާއި ދިވެހި ދަރިވަރުން ގުޅުވާލަދޭނެ ބްރިޖެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި ފެންވަރު ރަނގަޅު ޑޮކްޓަރުން ބިނާ ކުރުމަށް ލިބިގެން ދާނެ ފުރުސަތެއް ކަމަށާއި ބަންގްލަދޭޝަކީ މެޑިސިންގެ ދާއިރާގައި ފެންވަރު ރަނގަޅު ތައުލީމީ މަރުކަޒުތަކެއް ހުރި ތަނެއްކަން އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ޑިރެކްޓަރެޓް އޮފް މެޑިކަލް އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލް, ޕްރޮފެސާ ނަޒްމުލް ހުސެއިން ވިދާޅުވީ އެ ގައުމަކީ މެޑިކަލް އެޑިއުކޭޝަނަށް ހާއްސަ ސަމާލުކަމެއް ދޭ ގައުމަކަށް ވާތީ މެޑިކަލް ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން, ބަންގްލަދޭޝް ސަރުކާރުން އެތަންތަން ގާތުން މޮނީޓާކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ގަވާއިދާހިލާފަށް ބިދޭސީން ގެނެސް މަނީލޯންޑަރ ކުރި ބަންގްލަދޭޝް މީހަކަށް ތިން އަހަރުގެ ޖަލު ހުކުމް

Ii

އަމާން އުދަރެސް ޓަވަރު 6ގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ގާއިމްކުރަން ނިންމައިފި

Ii

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭގޮތުން އދ.އާ އެކު މަޝްވަރާކޮށްފި

Sheikh haseena

ހަސީނާގެ ޣައިރު ހާޒިރުގައި ކުރި ތަހުގީގަށްފަހު މެރުމަށް ހުކުމްކުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު : އދގެ ތަރުޖަމާނު

TTH_advertisement