ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްސަ ސެމިނާރެއް ކުރިއަށްދަނީ

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހިންގާ ސިގްނޭޗަރ ރިސަރޗް ސްކޮލާޝިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ދެ ދުވަހުގެ ސެމިނާރުގެ ދެވަނަ ވޯކްޝޮޕް ފަށައިފި އެވެ.

މި ސެމިނާރުގެ ދެވަނަ ބައި މިއަދު ކުރިއަށްދާއިރު، ފުރަތަމަ ބައި ކުރިއަށް ގެންދެވުނީ ޑިސެންބަރު މަހުގެ 13 ވީ ހޮނިހިރު ދުވަހުއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގ ޔުނިވަރސިޓީ އަދި އޮސްޓްރޭލިއާގެ އާރ.އެމް.އައި.ޓީ ގުޅިގެން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ސެމިނާރުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

މި ޚާއްސަ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ “2.0”ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒޭޝަނަށް ހިރުޖަކުރުމަށް މަގުފަހިކުރުމަށް ޓަކައި، ހިންގޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

މި ސެމިނާރުގެ މައިގަނޑު މަޤްސަދަކީ، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ސްކޮލާޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Badhuru

އުސްގެކޮޅު އިމާސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްވަރާ ފަށައިފި

Adam nas

ސަރުކާރުން ބާރު އަޅަނީ ދިވެހި އިސްލާމީ އިންތަކުގެ ތެރެއިން އީދު ފާހަގަކުރެއްވުމަށް: ވަޒީރު

ދެ ޖިންސު އެއްކޮން ކުޅިވަރުކުޅުމާއި ކުލަ ޖެހުން، އެއީ ދިވެހި ސަގާފަތެއް ނޫން: އާދަމް ނަސީރު

TTH_advertisement