ކުއްލި ޚަބަރު

މާފަރު އެއާޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ސަރަހައްދު ހުޅުވައިފި

ގުރައިދޫ ކައިރިން ކިނބުލެއް ހިފައިފި

ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ޑައުންޕޭމަންޓް ބޮޑުކޮށް ދައްކާފައިވާ މީހުންނަށް ކުލީން ކަނޑައިދެނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ މަހު ކުއްޔާއި އެޑްވާންސް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ މިހާތަނަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިހާރު އޮތްގޮތުން އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25,000 ރުފިޔާ ދައްކަން ޖެހެ އެވެ. ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 10,500 ރުފިޔާ އެވެ.

ދެ ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހެ އެވެ. މަހު ކުއްޔަކީ 7,000 ރުފިޔާ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ރައީސުލްޖުމްހޫރިއްޔާ ރޭ ވިދާޅުވީ މެއިންޓަނަސް ފީ އާއެކު ތިން ކޮޓަރީގެ ފްލެޓްތަކަށް ދެން ދައްކަން ޖެހެނީ މަހަކު 10,000 ރުފިޔާ އެވެ. އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާގެ ބަދަލުގައި 8,500 ރުފިޔާއަށް ވަނީ ކުޑަކުރައްވަން ނިންމަވާފަ އެވެ.

ދެ ކޮޓަރީގެ ކުލީގެ ގޮތުގައި ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 6,000 ރުފިޔާ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބަދަލާއެކު މިހާތަނަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 12 20 at 11.59.56

ފޭސް ތިނަކުން ދޫކުރި 698 ގޯތީގެ ގުރުއަތުލައި ނިމިއްޖެ

ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

ހަތަރުހާސް ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކުރައްވަން ރައީސް ނިންމަވައިފި

ފްލެޓް ކުއްޔާއި ޑައުންޕޭމަންޓަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެެއް ގެނެސްދޭނަން: ރައީސް

TTH_advertisement