ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދޭނެ: ރައީސް

ވަޢުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދެއްވާނެ ކަމަށާ އެކަމާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލްވުމުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންް ތެރޭ ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ. އެގޮތުން ވަޢުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު ދަންނަވާފައި އޮންނާނެ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ކަންތައް. އެކަންތަައްވެސް އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީގައި މިހާރު އޮންނާނީ ދަންނަވާފައި,” ރައީސް

ރައީސް ވިދާޅުވި ގޮތުގައި ޑިސްކައުންޓް ދިނުމަށް އެގްރީމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ އެވެ. އަދި އެގްރީމަންޓަށް ބަދަލު ގެންނައިރު އާންމުންގެ ކަންބޮޑުވުންތަކަށް ބައްލަވާނެ ކަމަށެވެ.

“ތިބޭފުޅުންގެ އެގްރީމަންޓް ބަދަލުވެގެންދާއިރު މިހާރު ތި ވިދާޅުވި ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް. އެ ދެލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް އެކަން އުނިކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކޮށްދޭނަން,” ރައީސް

ރައީސް ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއިއެކު މިރޭ ބޭއްވެވި ބައްދަލްވުމުގައި ރައްޔިތުންގެ ފަރާތުން ހާމަކުރެއްވި ހުރިހާ ވާހަކަތަކެއް ވަރަށް ރަނގަޅަށް އަޑުއެއްސެވި ކަމަށާ އެ ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންްތަކަށް ޙައްލު ހޯއްދަވައި ދެއްވާ ވީ އެންމެ ފުރިހަމައަކަށް މައްސަލަތައް ޙައްލުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި