ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި “މަސްޖިދުލްއީމާން” އަންނަ ހަފްތާގައި ހުޅުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހަފްތާގައި ހުޅުވުމަށް ނިންމައިފިއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުލްއީމާންއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަންނަ ހަފްތާގައި އެ މިސްކިތް ހުޅުވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މިފެށޭ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ނުވަތަ 4 މިސްކިތެއް ބިނާކޮށް ނިމޭނެކަމަށެވެ. ވަޒީރު ވިދާޅުވީ އޭގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުރީ ނިމުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

ވަޒިރު ޑރ. ޝަހީމް ވިދާޅުވީ އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއްކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާންމަހުގެ ކުރިން ހުޅުވިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަދު މާލޭގެ 26 މިސްކިތެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

ޤުރުއާނުގެ ޢިލްމު ފެތުރުމަށް މިދިޔަ އަހަރު 19 މިލިއަން ޚަރަދުކުރި: ޝަހީމް

Hulhumale Market

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ޤާއިމްކުރި މާރުކޭޓާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް

ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކުރި ރޯދަ މާރުކޭޓު ހުޅުވައިފި