ކުއްލި ޚަބަރު

ގުޅީފަޅު ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

449352 f9826891 4

ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވައި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވައި، ދިވެހި ކުމެވި ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަށަވަރުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާ، މިފަދައިން ޔަޤީންކަންދެއްވާފައި މި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅުއްވި ޚިޔާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެ ބޭފުޅަކު ކުރައްވަމުންގެންދަވާ ވިޔަފާރިތަކާއި ގުޅިގެން ކުރިމަތިވަމުންދާ އެކި ދަތިތަކާއި ހުރަސްތަކާއި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ޖުމުލަ ގޮތެއްގައި އެންމެ ގިނަ ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި، ފައިސާ ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމާއި، ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭނެގޮތް ސަރުކާރުން ހަމަޖެއްސެވުމާއި، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމުގައި ފަސޭހަ އިންތިޒާމް ހަމަޖެއްސެވުން ފަދަ ކަންކަން ހިމެނެއެވެ.

ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ވަގުތުން ވަގުތަށް ހަމަޖައްސަވައިދެއްވެން ހުރި ބައެއް ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން ވައިގެ މަގުން އަދި ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ހަމަޖައްސަވައިދެއްވާނެކަންވެސް މިރޭ އިއުލާންކުރެއްވިއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށްވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވިޔަފާރިވެރިންނަށް ދެއްވިއެވެ.

ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ކަންކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިމަސް ނިމުމުގެ ކުރިން ވީހާވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށާއި ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ވެއަރހައުސްއާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލައަށް އިޝާރާތްކުރައްވާ ވިދާޅުވީ ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ގުޅޭގޮތުން ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުމާއި ގުޅޭގޮތުން ވިދާޅުވީ ކޯޓާ ފީއަށް ދެއްވެން އޮތް އެންމެ ލުއިގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ސަރުކާރު ހޮސްޕިޓަލަކުން ޑޮކްޓަރު ދޭ ލިޔުމަކުން ނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭގޮތަށް އޮންނަ އޮތުމަށް ވިޔަފާރިވެރިޔަކު ހުށަހެޅުއްވި ޚިޔާލަށް އިޝާރާތްކުރައްވާ ރައީސް ވަނީ އެކަމަށްވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހުރިއްޔާ ވަނީ ވިޔަވާރިވެރިން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން ވަކިވަކި ކަންކަމަށް އިޝާރާތް ނުކުރެއްވި ނަމަވެސް ކޮންމެ ޚިޔާލަކާއި މަޝްވަރާއަށް ގާނޫނާއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ވިޔަފާރިތަކަށް އާރޯކަން ގެނެސްދެއްވުމަށް ކޮށްދެވެން އޮތް އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

427492 863d11aa 3

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

448896 e0cf2932 0

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

Ii

މިހާތަނަށް 52 މަސާޖު ޕާލާ ވަނީ ބަންދުކޮށްފައި: ރައީސް

448775 6411da9b 4

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

TTH_advertisement