ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއަށާއި ޤަތަރުގެ ބޮޑުވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް-ޘާނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޤަތަރުގެ ޤައުމީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މިޙައްމަދު މުޢިއްޒުވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ޤަތަރުގެ ރަސްގެފާނަށާއި ބޮޑުވަޒީރާއި އެޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ޤަތަރާއި ރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ދަމަހައްޓާ އާލާ ކުރެވޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޤަތަރަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ މީހުންގެ މެދުގައި އޮތް ގުޅުން ހަރުދަނާ ކުރެވޭ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޤަތަރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު 18 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު