ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

448896 e0cf2932 0

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ މާލޭ ސިޓީ ކައުންސިލަށް ހައްލުކޮށްދެވިފައިނުވާތީ، ސަރުކާރުން އެ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތަކުގެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޖޫރިމަނާ މާފުކޮށްދީފައި ވަނިކޮށް ޖޫރިމަނާ ނުދައްކައިގެން ސިޓީ ކައުންސިލުން ނޯޓިސް ފޮނުވަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ އެކަން ހިނގާފައި އޮތް ގޮތެއް ބަލަން މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އަރިހުގައި އެދިވަޑައިގެންފައެވެ.

“އެތަނުގެ ހާލަތާއި އެތަނުގައި މި ހުރި ހުރިހާ ކަމެއް، ލިފްޓުގެ މައްސަލަ، ފާހާނަތަކުން ފެން ފޭބުން ވިޔަސް، މިވެސް ސީދާ ކައުންސިލުން ބަލަހައްޓަން ޖެހޭ ތަނެއް، މެއިންޓެނަންސަކީ ކައުންސިލްގެ ޒިންމާއެއް، އެކަން އެ އޮތީ ނުކުރެވި. އެތަނަށް ދައްކަން ހުރި ފައިސާގެ ކަންތައް ވެސް، މިއީ ހަމަ ސީރިއަސް އިޝޫސްތައް،” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް