ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މާދަމާ ރޭ ބައްދަލުކުރައްވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ

447677 64a0c6c8 e

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރޭ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު އެކްސްގައި އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ކޮން ގިންތިއްގެ ވިޔަފާރިވެރިންކަމެއް ހީނާ ވިދާޅުވެފައެއް ނުވެއެވެ.

ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ބައްދަލުކުރައްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ކަމަށެވެ.

އެ ބައްދަލުވުން ބާއްވާނީ މާދަމާ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ކަމަށް ހީނާ ވިދާޅުވިއެވެ،

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން: ރައީސް

school darivarun

ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ

އަޚުލާގީ މިންގަނޑަށް ވުރެ ދަށްކޮށް ހެދުން އަޅާތީ އުސޫލު ބަދަލުކުރަނީ

Mm

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ