ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދާއި މާދަމާވެސް ވައި ވަރަށް ނުސާފު، ބޭރަށް ދާއިރު މާސްކު ބޭނުންކުރުން މުހިއްމު

މިއަދާއި މާދަމާވެސް ރާއްޖެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް މިއަދު ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރު ހުރީ، 3 ކިލޯމީޓަރަށެވެ.

ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވުމާ ގުޅޭގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިސަރަޙައްދަށް އެންމެ ބޮޑަށް ވައި ނުސާފުވާނެ ކަމަށް ބެލެވެނީ މިއަދާއި މާދަމާ ކަމަށެވެ. އެގޮތުން މިދެދުވަހު ރާއްޖެ ސަރަޙައްދުގެ ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ ނިސްބަތް ހުންނާނީ، 3 ކިލޯ މީޓަރަށް ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

އެގޮތުން ވައި އެންމެ ބޮޑަށް ނުސާފުވާނީ، މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް ކަމަށާއި، ވައި ނުސާފުވުމުގެ މައްސަލަ ދެކުނަށް ނުކުރާ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. މެޓު އޮފީހުން ވިދާޅުވީ، ބުރާސްފަތި އަދި ހުކުރު ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ އެދެދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެ ކަމަށެވެ. އަދި ރާއްޖެ ސަރަޙައްދުގެ ވައި ސާފުވާނެ ކަމަށް ބެލެވެނީ، އިރުވައި މޫސުން ނިމޭ ހިސާބުން ކަމަށްވެސް މެޓު އޮފީހުން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އޭގެ ސަބަބުން ސިއްޙީގޮތުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެގޮތުން ތުއްތު ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ މީހުންގެ އިތުރުން އެލަރޖީ މައްސަލަ ހުންނަ މީހުން މިދުވަސްވަރު ރައްކާތެރި ކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ ޢިލްތިމާސްކުރައްވާފައެވެ.

އެގޮތުން ކޮންމެހެން ދާންޖެހޭ ޙާލަތްތަކުގައި ނޫނީ ބޭރަށް ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުން ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގޭގައި އެއަރ ޕިއުރިފަޔަރ ބޭނުން ކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

66

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ