ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

Ii

އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ޓެރަރިސްޓުންތަކެއް ދިން ބަޑީގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޔަހޫދީ ދީނުގައި ފާހަގަކުރާ ހާއްސަ ދުވަހަކާ ގުޅިގެން ބޭއްވި އިވެންޓެއްގައި ދިން ހަމަލާގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހަމަލާގައި 15 މީހަކު މަރުވެ 40 މީހަކު ވަނީ ޒަޚަމްވެފައެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނާގޮތުގައި ހަމަލާ ދިނުމުގައި ބައިވެރިވީ ދެ ބަފައިންނެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާ ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކުށެއް ނެތް މައުސޫމް ބައެއްގެ ފުރާނަ ދުއްވާލާ މިފަދަ ފިނޑި ހަމަލާތަކަށް އެއްވެސް މުޖުތަމައެއްގައި ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިއްޔެގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި ޒަޚަމްވި މީހުންނަށް އަދި އޮސްޓްރޭލިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ފޮރިން މިނިސްޓްރީން ވަނީ ތައުޒިޔާ ކިޔާފައެވެ.

އޮސްޓްރޭލިއާ އަކީ ދުނިޔޭގައި ހަނގުރާމައެއް ނުހިނގާ އަމާން ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ ގައުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ފަލަސްތީނު މީހުންނަށް އެހީދޭ ޖަމާއަތުގެ އިމާރާތް ތަޅާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

އިންސާނީ ޙައްޤުތަކާ ބެހޭ ރިވިއުގެ ވަރކިން ގުރޫޕުގައި ރާއްޖެއިން ބައިވެރިވާނެ: ޚާރިޖީ ވުޒާރާ

ޝިރުޒިމަތު އެންޓީގާ އެންޑް ބާބިއުޑާގެ ސަފީރަކަށް އައްޔަންކުރަން މަޖިލީހަށް

TTH_advertisement