ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ނަތަންޔާހޫ ހެދީ ބޮޑު ދޮގެއް، ބަޑިޖެހި މީހާ އޮބައިގަނެ އޭނާގެ އަތުން ރައިފަލް އަތުލައިގަތީ މުސްލިމެއް

ބަޑިޖެހި މީހާގެ އަތުން އަހްމަދު، ރައިފަލް އަތުލައިގަންނަ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް”

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗްގައި އާންމުންގެ ގަޔަށް ބަޑިޖެހި މީހާ އޮބައިގަނެ އޭނާގެ އަތުން ބަޑި އަތުލީ ޔަހޫދީއެއް ކަމަށް ބުނެ، މުޖުރިމު  ނަތަންޔާހޫ ބޮޑެތި ދޮގުތައް ހަދައިފިއެވެ.

ބަޑިޖެހި ހާދިސާއާ ގުޅިގެން ނަތަންޔާހޫ ބުނެފައިވަނީ، ބަޑިޖެހުމުގައި ބައިވެރިވި ދެމީހުންގެ ތެރެއިން އެކެއްގެ ގައިގައި ހިފައިގަނެ އޭނާގެ އަތުން ރައިފަލް އަތުލީ ހިތްވަރުގަދަ ޔަހޫދީ ބަތަލެއް ކަމަށެވެ.

އެހެން ނަމަވެސް، އޮސްޓްރޭލިއާގެ މީޑިއާއިން ބުނެފައިވަނީ، ބަޑިޖެހި މީހާގެ އަތުން ރައިފަލް އަތުލައިގަތީ މުސްލިމެއް ކަމަށެވެ. އޭނާގެ ނަމެއް ކަމަށް ބުނެފައިވަނީ އަހްމަދު އަލް އަހްމަދުއެވެ.

އެއީ، އޮސްޓްރޭލިއާގެ ހިޖުރަވެރިއެކެވެ.

ބޮންޑައި ބީޗްގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި 12 މީހުން މަރުވެ، އިތުރު 29 މީހުން ޒަޚަމްވިއެވެ.

މަރުވި މީހުންގެ ތެރެގައި ފުލުހުންގެ ދެމީހަކުވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މަރުވި މީހުންގެ ތެރޭގައި އިސްރާއީލު އެކަކު ހިމެނޭ ކަމަށާއި، އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް އިސްރާއީލު މީހަކު ހިމެނޭ ކަމަށެވެ.

އާންމުންގެ ގަޔަށް ބަޑިޖެހުމުގައި ބައިވެރިވި އެކަކު މަރުވެފައިވާއިރު ދެވަނަ މީހާ މިހާރު އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށް ވެއެވެ.

ބަޑިޖެހުމުގައި ބައިވެރިވާ ދެމީހުންނަކީ ކޮންބައެއް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

އާންމުންގެ ގަޔަށް ބަޑިޖަހަން ފެށުމުން، އެތަނުން އެކެއްގެ ގައިގައި ހިފައިގަނެ އޭނާގެ އަތުން ރައިފަލް އަތުލި އަހްމަދު އަލް އަހްމަދުގެ ގަޔަށްވެސް ދެވަޒަން އަރާފައި ވެއެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއަގައި ދައުރުވަމުން އެބަ ދެއެވެ.

އަހްމަދު އަލް އަހްމަދުއަށް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން ގެންދާއިރު، އޮސްޓްރޭލިއާގެ މީޑިއާއިން ގެންދަނީ އަހްމަދުއަކީ ބަތަލެއް ކަމަށް ރިޕޯޓްކުރަމުންނެވެ.

ބޮންޑައި ބީޗްގައި ބަޑީގެ ހަމަލާތަކެއް ދެވުނީ ޔަހޫދީންގެ ބަންދަކާ ދިމާކޮށެވެ. ގިނަ އަދަދެއްގެ ޔަހޫދީ އާއިލާތައް ބީޗަށް ގޮސް ތިއްބައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްވަނީ، މިއީ އޮސްޓްރޭލިއާގެ ޔަހޫދީންނަށް ދެވުނު ޓެރަރިސްޓު ހަމަލާއެއް ކަމަށް ކަނޑައަޅުއްވާފައެވެ.

އަދި، ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަފްތަރާއި، ހަމަނުޖެހުންތައް އޮސްޓްރޭލިއާއިން މުޅިން ފޮހެލައްވާނެ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement