ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން އިޢުލާނުކުރެއްވީ ރ. ދުވާފަރުގައި އޮތް މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

“މިއަދުން ފެށިގެން ގެންނަ ބަދަލަކީ އެ ބަދަލުގެ ސަބަބުން މަސްވެރިންނަށް މިހާރު ތެޔޮދޭ އަގަށް އެވްރެޖްކޮށް ގެނެވޭ ބަދަލުގެ ތެރެއިން ލުޔެއް. މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާއިރު އަގުހެޔޮވާނެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ. މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަން އަދި ތެލަކުން މި ބަދަލު އަންނާނެ” – ރައީސް

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.72 ރުފިޔާއަށް ކަމަށެވެ. އަދި އާއްމު ފަރާތްތަކަށް ތެޔޮ ވިއްކާނީ 14.43 ރުފިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެކުނު މަސްވެރިން އެވްރެޖުކޮށް ދުވާލަކު 2000 ރުފިޔާ ތެލަށް ޚަރަދުކުރާ ކަމަށެވެ. އަލަށް ގެނައި ބަދަލާއެކު ތެލަށް ކުރާ ޚަރަދުން 1000 ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ބަދަލުތައް ގެންނެވީ މިފްކޯއާއި އެސްޓީއޯ އަދި އެފްއެސްއެމް ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލާއެކު މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ދުވާފަރުގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން ޤާއިމުކުރުމަކީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ. އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަސައްކަތްތަކާއެކު އެސްޓީއޯ ރޭޓުގައި މުޅި ރާއްޖެއިން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މީގެކުރިން މަސްވެރިންނަކީ ނިޒާމެއްގެ ތެރެއިން ރިކޮގްނައިޒް ކުރެވިފައިވާ ބައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް އެމަނިކުފާނު ދުވާފަރަށް ވަޑައިގެންނެވުމުން ރައްޔިތުން ކީ ހޫނު މަރުޙަބާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ދުވާފަރަކީ ތަރައްޤީގެ ނާރެހުގައި މުހިއްމު ރަށެއްކަމަށް ވިދާޅުވެ، ދުވާފަރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

TTH_advertisement