ކުއްލި ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

“އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” ޕްރޮގްރާމު އިފްތިތާހުކޮށްފި

990

އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް، ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން “އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ”ގެ ނަމުގައި ޕްރޮގްރާމެއް އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި އިފްތިތާހުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެމްޑަބްލިޔުއެސްސީން ބުނީ “އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” ޕްރޮގްރާމުގެ އަމާޒަކީ، ދުވާފަރު ގޭބިސީތަކަށް އިޢާދަކުރަނިވި ހަކަތައިގެ މަންފާ ލިބިދީ ކަރަންޓު ބިލު ކުޑަކުރުމަށް މަގުފަހިކޮށް، 2026 ގެ ނިޔަލަށް ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދައި، އަދި ޑީސަލް އަންދާ މިންވަރު ދަށްކޮށް، ޖައްވަށް ބޭރުކުރެވޭ ދުމުން ދުވާފަރުގެ ތިމާވެށި ރައްކާތެރިކުރުން ކަމަށެވެ.

މިއަދު އިފްތިތާހުކޮށްފައިވަނީ އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. އެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދުވާފަރު ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ގޭބިސީން ފައިސާ ދައްކާ ގޮތަށެވެ. އެ ޕްރޮގްރާމްގެ ދަށުން، އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ ކަމަށެވެ. މިއީ ސޯލާ ނިޒާމު ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

“އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” ޕްރޮގްރާމަށް ޝައުގުވެރިވާ ދުވާފަރު ރައްޔިތުންނަށް www.irunhakatha-mwsc.com.mv މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި އަދި އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތުވެސް އެ ޕޯޓަލުން ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގެންފި

Ii

އެމްޑަބްލިއުއެސްސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑު ނައިޓު ބާއްވައިފި

Whatsapp image 2025 08 13 at 10.27.54

ދަރަވަންދޫގެ ފެނާއި ނަރުދަމާ ރައީސް އިފްތިތާހުކޮށްދެއްވައިފި

B 202508110706471754921207.3333

ކެންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހްކޮށްފި

TTH_advertisement