ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޅި ދުނިޔެ ދެކޮޅަށް އެރިޔަސް، އިސްރާއީލުގެ މަގްސަދު ހާސިލްވިޔަކަ ނުދޭނަން: ހިޒްބުﷲ

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ބޮންއަޅަނީ:

މުޅި ދުނިޔެ ލުބުނާނާ ދެކޮޅަށް ހަނގުރާމައަށް ނުކުތަސް، އިސްތިއުމާރީ އިސްރާއީލުގެ މަގްސަދު ހާސިލްވިޔަ ނުދޭނޭ ކަމަށް ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނައީމް ޤާސިމް ވިދާޅުވެއްޖެއެވެ.

ހިޒްބުﷲއިން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ނައީމް ޤާސިމް ވިދާޅުވީ، އެމެރިކާއާއި، އިސްތިއުމާރީ ބާރުން ކިތަންމެ ވަރަކަށް އެދުނަސް ހިޒްބުﷲއިން ހަތިޔާރު ނުބަހައްޓާނޭ ކަމަށެވެ.

އުޑު ބެދުނަސް ހިޒްބުﷲއިން އަމާން ނުދޭނޭ ކަމަށާއި، އިސްރާއީލާއި އެމެރިކާއިން ލުބުނާނާ ދެކޮޅަށް ހަނގުރާމަ ފެށި ނަމަވެސް، ކާމިޔާބު ނުލިބޭނޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ހިޒްބުﷲގެ ދައުރަކީ، ލުބުނާނު ސަރުކާރާއި، ލުބުނާނު ސިފައިން  ފެއިލްވެއްޖެނަމަ، އިސްތިއުމާރީ ދެކޮޅަށް ނުކުތުން ކަމަށެވެ.

ނައީމް ޤާސިމް ވިދާޅުވީ، ލުބުނާނުގެ މިނިވަން ކަމާއި، އިސްތިގްލާލު ދިފާޢުކުރަން ލުބުނާނު ސިފައިންނާ ގުޅިގެން އެންމެ މަތީ ލެވެލްގައި މަސައްކަތް ކުރަން ހިޒްބުﷲ އޮތީ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

ލުބުނާނުން އެމެރިކާއާއި އިސްރާއީލަށް އަމާން ދިނުމުގެ އެއްވެސް އޮނިގަނޑަކަށް ހިޒްބުﷲ އެއްބަސް ނުވާނޭ ކަމަށްވެސް، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އިސްތިއުމާރީ އިސްރާއީލުން މިއަދުވެސް ވަނީ، ލުބުނާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ، އިސްރާއީލު ސިފައިން ކެނޑިނޭޅި ގެންދަނީ ލުބުނާނުގެ ރަށްތަކަށް ބޮންއަޅައި އާންމުން މަރަމުންނެވެ.

އަދި ލުބުނާނުގެ ދެކުނަށް އެއްގަމުމަގުން އަރައިގެންފައިވާ އިސްތިއުމާރީ ސިފައިން އަދިވެސް އަސްކަރީ ޕޯސްޓްތައް ޖަހައިގެން އެ ސަރަހައްދުތަކުގައި އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި