ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

މެންބަރު މައުރޫފް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

Ii

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރި މަސް ދޯނިތަކުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރަމުން ދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ބުރާސްފަތި ދުވަހު ރޫޅާލައި ފުލުހުން ވަނީ މައުރޫފް ހިމެނޭހެން ބައެއް މަސްވެރިން ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މައުރޫފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ ހާޒިރުކޮށްފައެވެ. އަދި ކޯޓުން ވަނީ މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މައުރޫފްގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރު އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފްސީލު އެނގޭނީ އާއިލާއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުރޫފްއަކީ މަސްވެރިންގެ ޔޫނިއަންގެ ޖެނެރަލް ސެކެޓްރީ ވެސް މެއެވެ.

މައުރޫފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ދޫކޮށްލަން އެމްޑީޕީން އަންނަނީ ގޮވާލަމުންނެވެ.

މައުރޫފް ހައްޔަރުކުރި މައްސަލަ އެމްޑީޕީން ވަނީ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)އަށް ވެސް ހުށަހަޅައިފައިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދަންޑަހިލު
ޤައުމުފިތުަޗެރި ކުރުމުގެބުރމަސައްކަތުގައުޅުއްވާއިރުހީވޭ ލައްކައެކޭ އެކަމަކު ޖަލުގޮޅީގަ ރޭކޮށްލަންޖެހުނީމަ އެންމެފަށްކަލަލީ ހަސްފަތާލުއައިސީޔޫއޯމައިގޯޑް

ގުޅުންހުރި

990

މެންބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

112

ކެންދޫ ދާއިރާގެ މެންބަރު ރަސްމާލެއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފި

TTH_advertisement