ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

“ޝިފާއުން ވަރަޙްމާ” މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، އެމްއެމްޓީވީގެ “ޝިފާއުން ވަރަޙްމާ” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރޯދަ މަހު ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ. “ޝިފާއުން ވަރަޙްމާ” ދެވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު ޤުރުއާން ކިޔެވުމުގެ ވީޑިއޯގެ ރެކޯޑިންގ ފޮނުވުމަށް ވަނީ އެދިފަ އެވެ. މަންޒަރާއި އަޑު ސާފުވާގޮތަށް ފޮނުވަން ވަނީ އެދިފަ އެވެ. ކޮންމެ ބައިވެރިއަކުވެސް ޤުރުއާނުން 5 ފޮޅުވަތާ 10 ފޮޅުވަތާ ދެމެދުގެ މިންވަރެއްގެ ކިޔެވުން ހުށަހަޅަން ޖެހެ އެވެ.

ޤުރުއާން މުބާރާތުގެ ބައިވެރީން، ކިޔެވުމުގެ ރެކޯޑިންގ ފޮނުވާނީ، 31 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 16:00 އާއި ހަމައަށެވެ. ގުރުއާން ކިޔެވުމުގެ ރެކޯޑިންގ ފޮނުވާނީ ޓެލެގްރާމް މެދުވެރިކޮށް، އެމްއެމްޓީވީގެ ފޯން ނަންބަރު 9461115 އަށެވެ.

އުމުރުފުރާތަކުން އެންމެ މޮޅު 10 ބައިވެރިންހޮވާ މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ:

* 04 އަހަރުން ދަށުގެ އުމުރުފުރާ،
* 04 އަހަރާއި 06 އަހަރާއި ދެމެދުގެ އުމުރުފުރާ،
* 06 އަހަރާއި 09 އަހަރާއި ދެމެދުގެ އުމުރުފުރާ،
* 09 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާ،
* 12 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާ،
* 15 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާ
* 18 އަހަރުން މަތީގެ އުމުރުފުރާ

މި އަހަަރުގެ މުބާރާތުގެ އަގު 500,000 ވުރެ ބޮޑެވެ. މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9461115 އަށެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement