ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިނަ ވަގުތު ބޭރުގައި އުޅުން ރައްކާތެރިއެއް ނޫން، މާލެ ސަރަހައްދަށް ވައި ނުސާފުވެ އޮރެންޖު އެލާޓް ނެރެފި

893

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވުމުން، އެޗްޕީއޭއިން އޮރެންޖު އެލާޓް ނެރެފިއެވެ.

އެޗްޕީއޭ އިން ބުނީ ވައި ނުސާފުވުމުން ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، އެ ފަދަ ހާލަތުގައި ތިބި މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވަނީ އެދިފައެވެ.

ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު އެން95 މާސްކު ބޭނުންކުރުމާއި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕައި އެއާ ޕިއުރިފަޔާ ބޭނުންކުރަން އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެހެންކަމުން ކުޑަކުދިން ގޮވައިގެން ޕާކްތަކަށް ދިޔުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި ކުޑަކުދިން ގޮވައިގެން މޫދަށް ދިޔުމަކީ ވެސް ރައްކާތެރިކަމެއް ނޫނެވެ. މިކަމުގެ ނުރައްކާ ހުރީ ކުޑަކުދިންނަށް އެކަންޏެއް ނޫނެވެ. ރަނގަޅު ސިއްހަތެއްގައި ތިބި މީހުންނަށް ވެސް ނުރައްކާ އެބައޮތެވެ.

ވައި ނުސާފުވުން މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިއަށް ވުރެ ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

66

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ