ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

990

މިދިޔަ އަހަރުގެ 12 ޑިސެމްބަރުގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓު މިނިސްޓްރީ ހިންގި އިމާރަތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި މިނިސްޓްރީތަކުގެ މަސައްކަތަށް ބުރޫ އެރުމާ ގުޅިގެން، ޗައިނާ އިން ރާއްޖެއަށް އެހީގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޗައިނާގެ ފަރާތުން ރާއްޖެއަށް ދިން އެހީގެ ސާމާނާ ރަމްޒީ ގޮތުން ހަވާލުވެވަޑައިގެން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޗައިނާ ސަރުކާރުން ދިން އެހީއަށް ޝުކުރު އަދާކުރައްވާއެވެ.

އެހީގެ ގޮތުގައި ޗައިނާ އިން ވަނީ 2.8 މިލިއަން ޑޮލަރުގެ އަގުހުރި ސާމާނު ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި، އެ ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ. އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ޗައިނާ އިން ދިން އެހީއަކީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އެކި ދާއިރާތަކުން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާ ސަރުކާރުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

900

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

TTH_advertisement