ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

893

މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް، “ސަސްޓެއިނަބުލް ޓައުންޝިޕް” އެެއް ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ހުއްދަދިން ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ބާސެލޯ ނަސަންދުރާގައެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ރާއްޖެއިން މިހާރު ހުއްދަދީފައިވާކަމަށެވެ. މިކަމުންވެސް ދެމެހެއްޓެނިވި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތު ރަމްޒުކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެދަށުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ތަޢުލީމީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްޤީކުރާނެއެވެ. އަދި މީގެދަށުން ތަރައްގީކުރެވޭ ތަންތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ.

އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ލައިންސަސް ދޫކުރަން ފެށުމާއެކު، ފަތުރުވެރިކަމަށް ރާއްޖޭގެ އިޤްތިޞާދު ބާރޯސާވެފައިވާ މިންވަރު ކުޑަކުރެވޭނެކަމަށް އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްގެން ޓައުންޝިޕެއް ތަރައްގީކުރާނީ ނ. އަތޮޅުގައި ކަމަށާއި އެކަމަށް ބޭނުންވާ ބިން މިހާރު އޮތީ ހިއްކާ ވެސް ނިމިފައި ކަމަށެވެ.

“މިހާރު ހިއްކާ ވެސް ނިމިފައި އޮތީ ސަސްޓެއިނަބުލް ޓައުންޝިޕް” ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަސްޓެއިނަބުލް ޓައުންޝިޕެއްގައި ނަމަ ރަނގަޅު ފެންވަރަކަށް ހިދުމަތްދޭ މެޑިކަލް ފެސިލިޓިއެއް ހުންނަން ޖެހޭ އިރު ކްރިސްޓަލް އިން ތަރައްގީކުރާ ޓައުންޝިޕްގައި” އެހެން ބަޔަކަށް ނުދެވޭ ވަރުގެ ފެންވަރު ރަނގަޅު” ހިދުމަތެއް ގާއިމްކުރަން ސަރުކާރުން އެދިފައިވާނެ ކަމަށެވެ.

އެ ޓައުންޝިޕްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ އިރު އެކަމުގައި ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް މިހާރު އިމްޕޯޓްކުރާ ކޮންމެވެސް ދެ ބާވަތަކަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

cafe

ރޯދަ މަހު ފިހާރަތައް މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

778

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

Ii

ޓިކްޓޮކުން ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދޭނެގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

TTH_advertisement