ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ އިމާރާތް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ އެލްއެމްއޭ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފެވެ. އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މޫސާ ނަޒްމީއެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ ހަ މަސްތެރޭ ނިންމާ ގޮތަށް 1.7 މިލިޔަން ރުފިޔާއަށެވެ.
ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ހަދާ އިމާރާތުގައި ޑެންޓަލް ރޫމަކާއި އެކްސްރޭ ރޫމެއްގެ އިތުރުން ކޮންސަލްޓޭޝަން ރޫމެއް ހަދަން ހަމަޖެހިފައިވެއެވެ.
މިފަދަ ހިދުމަތްތަކަކީ މީގެކުރިން ހަމައެކަނި ހޮސްޕިޓަލްތަކުން ދެމުން އައި ހިދުމަތްތަކެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކުން އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު