ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ކައުންސިލް އިންތިހާބު 2026: 172 ވަގުތީ ވަޒީފާއަށް މިހާރުވަނީ ހުޅުވާލައިފި

Election commission

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ މީހުން ނެގުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 172 ވަގުތީ ވަޒީފާއަށް ހުޅުވާލައިފިއެވެ.

އީސީން މިމަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ އިންތިހާބާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އީސީން ހުޅުވާފައިވާ ވަގުތީ ވަޒީފާތައް:
އޮފިސަރު – 104 މީހުން
ސީނިއާ އޮފިސަރު – 33 މީހުން
ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރު – 9 މީހުން
ޓެކް އޮފިސަރު – ހަ މީހުން
ސެކިއުރެޓީ އޮފިސަރު – ހަ މީހުން
ޑްރައިވަރު – ހަތަރު މީހުން
އޮފީސް އެސިސްޓެންޓު – ދެ މީހުން
އެސިސްޓެންޓު ލޮޖިސްޓިކް އޮފިސަރު – ދެ މީހުން
އެސިސްޓެންޓު މާސްޓާ ޓްރެއިނަރު – އެކަކު
ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރު – އެކަކު
ގްރެފިކްސް ޑިޒައިނަރު – އެކަކު
ފޮޓޯގްރާފަރު – އެކަކު
އީސީން ބުނީ އެ ވަޒީފާތަކަށް ނަގާ މީހުން، ވަޒީފާގައި ތިބޭނީ އިންތިހާބު ނިމެންދެން ކަމަށެވެ. އެ މުއްދަތުގައި އެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކާއި އެލެވެންސްތައް ލިބޭނެކަމަށް އީސީން ބުންޏެވެ.

އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ ފެބްރުއަރީގެ 26 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެކަމަށް އީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election commission

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

Election

ކައުންސިލް، ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި

election commission

ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް: އީސީ

Election commission

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެ

TTH_advertisement