ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް (ކ)، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އަތުގުޅާލައިގެން ވަޑައިގަންނަވަނީ:

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުދަދުވަހު ވަނީ މެޑްރިޑްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާފައެވެ.

ބޮޑުވަޒީރުގެ ރަސްމީ އޮފީހުގައި ބޭއްވި މަޝްވަރާތަކަށްފަހު ދެބޭފުޅުން އަތްޕުޅު ގުޅާލައްވައިގެން ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެއް، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެކްސްގައި ޕޯސްޓް ކުރެއްވިއެވެ.

އެ ފޮޓޯއާއެކު، ސްޕެއިންގެ ބޮޑުވަޒީރު ލިއުއްވާފައިވަނީ “”ސްޕެއިން ހިނގާއިރު އަބަދުވެސް ހިނގަނީ އަދި ކުރިއަށްއޮތް ތާނގައިވެސް ހިނގާނީ ފަލަސްތީނާ އަތުގުޅާލައިގެން” މިހެންނެވެ.

ފަލަސްތީނަކީ ސްޕެއިންގެ ރަހްމަތްތެރި އަދި އަޚުވަންތަ ގައުމެއް ކަމަށްވެސް، ސްޕެއިންގެ ބޮޑުވަޒީރު ލިއުއްވާފައި ވެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއެކު ނަންގަވާފައިވާ ފޮޓޯއާއި އަދި އެ ފޮޓޯއާއެކު ކުރައްވާފައިވާ މެސެޖަށް، ކެތް ނުކުރެވިގެން އެންމެ ފުރަތަމަ ރައްދުދިނީ އިސްތިއުމާރީ އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސައާރްއެވެ.

ސްޕެއިންގެ ބޮޑުވަޒީރުގެ ޕޯސްޓަށް ރިޕްލައިކޮށް ސާރް ދިން ރައްދުގައި ސްޕެއިންގެ ބޮޑުވަޒީރަށް ގޮވާލާފައިވަނީ “މުސްތަގްބަލުގެ ނަމުގައި ވާހަކަ ނުދެއްކުމަށެވެ”. “މުސްތަގްބަލަކީ ކަލޭމެންގެ އެއްޗެއް ނޫން”” ކަމަށެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު މި އިޝާރާތް ކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމުގެ ވާހަކައަށެވެ.

އިސްރާއީލުން ގެންދަނީ ފަލަސްތީނު މިނިވަން ދައުލަތެއް އުގެއްދިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އިސްރާއީލުގެ ވެރިކަމުގައި މިހާރު ތިބި ހަރުކަށި ޒަޔަނިސްޓުން ބުނަނީ، ފަލަސްތީނު ދައުލަތް އުފައްދަން ލާހިކައެއްނޫން ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއެކު ބޭއްވި މަޝްވަރާތަކުގައި، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވަނީ، ދެދައުލަތުގެ ހަގީގީ ހައްލަށް ސްޕެއިނުން ކުރާ ތާއީދު ދެގޮތެއް ނުވެ އޮންނާނޭ ކަމުގެ ޔަގީންކަން ފަލަސްތީނުގެ ރައީސަށް ދެއްވާފައެވެ.

އަދި ފަލަސްތީނުގެ މައްސަލަ ޔޫރަޕުން ފަނޑުވިޔަ ނުދީ ދަމަހައްޓާނެކަމުގެ ޔަގީންކަންވެސް ސްޕެއިންގެ ބޮޑުވަޒީރު ދެއްވިއެވެ.

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް ހަމަލާތައް ދޭނަމަ އެ އެއްބަސްވުމަކީ ހަގީގީ އެއްބަސްވުމެއް ނޫން ކަމަށެވެ.

ޣައްޒާއިން ލޭއޮހޮރިގެންދާތަން ބަލަން ނުތިބުމަށް ސްޕެއިންގެ ބޮޑުވަޒީރު ވަނީ ދުނިޔެއަށް ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، ލޭއޮހޮރުވުންތަކުގައި ޒިންމާވާ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ދިނުމަށްވެސް ގޮވާލެއްވިއެވެ.

ސްޕެއިނަކީ، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނާއި އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އެންމެ ފުރަތަމަ ތެދުވި ގައުމެވެ. އަދި ޣައްޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލު ކުށްވެރިކޮށް އިސްރާއީލާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުތީވެސް ސްޕެއިނެވެ.

ސްޕެއިނުން މިހާރުވަނީ ފަލަސްތީނުގެ މިނިވަން ދައުލަތްވެސް ރަސްމީގޮތުން ގަބޫލުކޮށް އެކަން އިއުލާން ކޮށްފައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށް އދގެ ތެރެއިން މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ގްރޫޕްގައިވެސް ސްޕެއިނުން އިސް ދައުރެއް އަދާކުރެއެވެ.

މިކަމާހެދި އިސްރާއީލު ސްޕެއިން ދެކެ ވަރަށް ރުޅިއާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މުޅިދުނިޔެ
ދައްކާ ދަޅައެއް ފަހުވަގުތު އަސްލު ފެންނާނީ، އޭގެ އެއްބަޔަކު އަނެއްބަޔަކީ އެކުވެރި އެހީތެރިން އެއީ އެއް އުއްމަތެއްގެ ބައެއް މުސްލިމުންނަށް ނަސްރު ލިބުމަށް މިއެދޭ..

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

ޔަހޫދީ އިސްރާއީލާ މެދު ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި