ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ރާއްޖޭގެ ވެކްސިންގެ ގައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި

health ministry

ރާއްޖޭގެ ވެކްސިންގެ ގައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް ހެޕަޓައިޓިސް، އެޗްއައިވީ އަދި ސިފިލިސް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެވެ.

ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން، އަސާސީ ވެކްސިންގެ ލިސްޓުގައި ހިމަނައި، މިއަދުން ފެށިގެން ދޭން ފަށާފައިވާ ކަމަށާއި މިއީ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ރާއްޖޭގެ އާބާދީ ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ސައުތް އީސްޓް އޭޝިޔާ) އިން މިކަމާ ގުޅިގެން ބުނީ މި ތާރީހީ ކާމިޔާބީ ލިބުނު ސަބަބުތަކުގެ ތެރޭގައި، މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް އިންޓާގްރޭޓެޑް އަދި ކޮމްޕްރިހެންސިވް އެޕްރޯޗެއް ރާއްޖެއިން ހޯދާފައިވާ ކަމަށެވެ.

އޭގެއިތުރުން ރާއްޖެއަކީ ޔުނިވާސަލް ހެލްތް ކަވަރޭޖް، ހަރުދަނާ ސިޔާސަތުތަކާއި ޖީޑީޕީގެ ދިހަ އިންސައްތަ ސިއްހީ ދާއިރާއަށް އިންވެސްޓް ކުރުމުގެ އެހީތެރިކަން ލިބިގެން، ސަރުކާރާއި ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ދެމެދު ރާއްޖެއިން ބައިވެރިވުން ހިމެނޭ ކަމެއް ކަމަށެވެ.

ނިއުމޯކޮކަލް އަކީ ނިއުމޯނިއާ (ފުއްޕާމޭގެ އިންފެކްޝަން)، މެނިންޖައިޓިސް (ސިކުނޑި އަދި ސްޕައިނަލް ކޯޑް ލައިނިން އަށް އިންފެކްޝަން) އަދި ބެކްޓީރިއާ (ލޭގެ އިންފެކްޝަން ފަދަ ނުރައްކާތެރި ބަލިތައް) ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާ ބެކްޓީރިއާ އެކެވެ.

މި އިންފެކްޝަންތައް ފެތުރެނީ ކެއްސާ ކިނބިހި އެޅުމުން ކަމަށްވާ އިރު، މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ވަރަށް ނުރައްކާ ބޮޑު ބައްޔެކެވެ.

ރޮޓާވައިރަސް އަކީ އާންމުކޮށް ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގައި އުފެދޭ އިންފެކްޝަނެއްގެ ސަބަބުން އުފެދޭ ބައްޔެކެވެ. މި ބަލި ޖެހުމުން ވަރަށް ބޮޑަށް ޑައިރިއާ އާއި ވަރުބަލިވުން ފަދަ ކަންކަން ދިމާވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މީގެ ކުރިން މި ބަލި އާންމުވި ނަމަވެސް، ވެކްސިން ޖެހުމަކީ ގިނަ ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީވެދޭ ކަމެއް ކަމަށްވެސް އެކަމާގުޅުންހުރި ތަޖުރިބާކާރުން ބުނެފައިވެއެވެ.

މި ވެކްސިންތައް ދެނީ ދެ މަހާއި ހަތަރު މަސް އަދި ހަ މަހުގެ ކުދިންނަށެވެ.

ނިއުމޯކޮކަލް އަދި ރޮޓާވައިރަސް އަކީ މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިން ނަމަވެސް، ގައުމީ ޝެޑިއުލްގައި މިދެ ވެސްކިން ހިމެނުމުން އެ ވެކްސިންތައް އާސަންދައިން ކަވަރު ކުރާނެ އެވެ.

މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން ދެމުން ދިޔައީ އެމްއެމްއާރު، ޕޯލިއޯ، ހެޕިޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

health ministry

ޖުލައި 28 އިން ފެށިގެން ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރުޖަހަން މަޖުބޫރުވާނެ: އެޗްޕީއޭ

990

35 އަހަރަށްފަހު މައިމޫނާ ރިޓަޔާ ކުރައްވަނީ

TTH_advertisement