ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ދުވާފަރުގައި “މަސްވެރިންގެ ގުންޒަރު” ފެށިގެން ކުރިއަށް

ރ. ދުވާފަރުގައި “މަސްވެރިންގެ ގުންޒަރު” ފަށައިފި އެވެ.

ސާޅީސް ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ގުންޒަރުގައި މިއަދު ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި އެ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން ބައިވެރިވި އެވެ. މި ގުންޒަރުގައި ނުވަ އަތޮޅަކުން 47 މަސްވެރިންނާއި، ހަތަރު މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.

“މަސްވެރިންގެ ގުންޒަރު” ގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުންކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މަސްވެރިން ވަނީ އެމީހުންނަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މި ގުންޒަރުގައި މަޝްވަރާކޮށްފަ އެވެ.

މިއަދު ފެށި ގުންޒަރުގައި ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

“މަސްވެރިންގެ ގުންޒަރު” ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

މަސްވެރިކަމުގެ ދާއިރާއަށް ޞާބިރު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށްފި

މަސްކެނޑުމުގެ މުބާރާތުގެ 1 ވަނަ ޢަލީ ނައީމާއި އައިޝަތު ޢަލީއަށް

މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރުމުގެ އިނާމު 32 ފަރާތަކަށްދީފި

TTH_advertisement