ކުއްލި ޚަބަރު

ޖުމްލަ 787 ވެހިކަލް ޓޯކޮށްފި، ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް

މެންބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން: އެޗްޑީސީ

ބޯކޮށް ވާރޭވެހި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ، މައްކާ ޕްރޮވިންސްގެ އެހެން ސިޓީތަކަށްވެސް ވިއްސާރަ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖިއްދާގެ މަގެއް ފެނުއަޑީގައި:

ވަރަށް ބޯކޮށް ވާރޭވެހި، ސައުދީ އަރަބިއްޔާގެ މައްކާ ޕްރޮވިންސްގައި ހިމެނޭ ސިޓީއެއް ކަމަށްވާ ޖިއްދާގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

ވިދާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން، ގަދަ ވައިގެ ސަބަބުން ތަފާތު ހާދިސާތައް ހިނގަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެގޮތުން ހިނގި ހާދިސާއެއްގައި އެކަކު މަރުވެފައިވާ ކަމަށް ސައުދީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

ވިއްސާރައިގެ ސަބަބުން ޖިއްދާ ސިޓީއަށް މިހާރު ވަނީ ރެޑް އެލަރޓްވެސް ނެރެފައެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗެހި ދުއްވުން ހުއްޓި، ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފައެވެ.

ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ކާރުތައް ހުރީ އެކަށް ފެނުއަޑިއަށް ގޮސްފައެވެ. ޖިއްދާގެ މައި އެތައް މަގެއްވަނީ ބަންދުވެފައެވެ.

ޖިއްދާގެ އިތުރުން، މަދީނާ އަދި މައްކާ ސިޓީއަށް މޫސުން ގޯސްވެފައިވަނީ އިއްޔެއިން ފެށިގެންނެވެ.

މަދީނާ ސިޓީގެ އެކި ހިސާބުތަކުގައިވެސް ފެންބޮޑުވެފައިވާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖިއްދާ، މަދީނާ އަދި މައްކާ ސިޓީއަށް ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުތަކާއި، އެތައް ހިސާބެއްގައި ފެންބޮޑުވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޮރ މީޓިއޮރޮލޮޖީން ކުރިންވެސް އޮތީ، އެކަމަށް އާންމުން ސަމާލުވެ ތިބުމަށް އެދި އިންޒާރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިއްސާރައިގައި އޭޝިޔާއިން މަރުވި މީހުންގެ އަދަދު 1،750 އަށް، ބައެއް ގައުމުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހެނީ

ގަދަފަދަ ވިއްސާރައިގައި ދެކުނު އިރުމަތީ އޭޝިޔާއިން 1،300 މީހުން މަރު، ލައްކާއިން އެކަނިވެސް 410 މަރު

ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 334 އަަށް އަރައިފި

ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެންދިއުމުގެ ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 153 އަށް އަރައިފި

TTH_advertisement