ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

އދގެ ކޮމްޕައުންޑެއް ރެއިޑްކޮށް، އދގެ ދިދަ ތިރިކޮށް އިސްރާއީލުގެ ދިދަނެގި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އިރުމަތީ ގުދުސްގައި ހުންނަ އދގެ ޝައިޚް ޖައްރާހް ކޮމްޕައުންޑް:

ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ، ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ ޚާއްސަ އޭޖެންސީ އަންރްވާގެ ކޮމްޕައުންޑެއް ރެއިޑްކޮށް، އެ ތަނުގައި ނަގާފައި ހުރި އދގެ ދިދަ ތިރިކޮށް އިސްރާއީލުގެ ދިދަ ނެގި މައްސަލަ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އދގެ ބެލުމުގެ ދަށުގައި އޮންނަ ޝައިޚް ޖައްރާހް ކޮމްޕައުންޑަށް ހުއްދަނެތި އިސްރާއީލު ސިފައިން ވަދެގަތުމަކީ ބަލައިގަންވޭނެ ކަމެއް ނޫން ކަމަށެވެ.

އެތަނަކީ، އެއްވެސް ހައިސިއްޔަތަކުން އިސްރާއީލު ސިފައިންނަށް ވަދެވޭނެ ތަނެއް ނޫން ކަމަށާއި، އެއީ ހިމާޔަތް ލިބިގެންވާ ސަރަހައްދެއް ކަމަށްވެސް ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު، އދގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަންތަނަށް ވަދެގަތުން، ކުރިއަށް އޮތްތާނގައި ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް ގޮވާލައްވާފައި ވެއެވެ.

އިރުމަތީ ގުދުސްގައި އޮންނަ އަންރްވާގެ ޝައިޚް ޖައްރާހް ކޮމްޕައުންޑަށް އިސްތިއުމާރީ ސިފައިން ވަދެގެންފައިވަނީ އިއްޔެއެވެ.

އެތަނަށް ވަދެގަނެ އެތަނުގައި ހުރި ބައެއް ތަނެތި ވަނީ ވަގަށް ގެންގޮސްފައެވެ. އަދި އެ ކޮމްޕައުންޑްގައި ނަގާފައި ހުރި އދގެ ދިދަ ތިރިކުރުމަށްފަހު އިސްރާއީލުގެ ދިދަ ނަގާފައި ވެއެވެ.

އިސްރާއީލުން ހިފާފައިވާ އެއްވެސް ތަނެއްގައި އަންރްވާގެ އޮޕަރޭޝަންސްތައް ނުހިންގުމަށް އިސްރާއީލުން އަމުރު ކުރުމުން، މިއަހަރުގެ ކުރީކޮޅުން ފެށިގެން ޝައިޚް ޖައްރާހް ކޮމްޕައުންޑް ހުންނަނީ ބަންދުކޮށްފައެވެ.

އިސްރާއީލުން ފަހުންވަނީ، އަންރްވާއަކީ ޣައިރުގާނޫނީ ޖަމާއަތެއް ކަމަށް ކަނޑައަޅައި ގާނޫނެއްވެސް ފާސްކޮށްފައެވެ. ނަމަވެސް ދުނިޔެއިން އެކަން ބަލައެއް ނުގަނެއެވެ.

އދގެ އާންމު މަޖިލީހުން މިދިޔަ ހަފްތާގައިވަނީ، އަންރްވާގެ މޭންޑޭޓް 2029 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކޮށްފައެވެ.

އަންރްވާގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވީ، އިސްރާއީލު ސިފައިން އެ އޭޖެންސީންގެ ކޮމްޕައުންޑް ރެއިޑްކުރުމާއި، އަދި އދގެ ދިދަ ތިރިކުރުމަށްފަހު އިސްރާއީލުގެ ދިދަ އެތަނުގައި ނެގުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެއީ ނުރައްކަލުގެ އިންޒާރެއް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އިސްރާއީލުން ބައިނަލްއަގްވާނީ ގާނޫނުތަކަށް މިގޮތަށް އަރައިގަތުން ތަކުރާރުވަމުންދާ ކަމަށާއި، މިކަން ހުއްޓުވަންޖެހޭ ކަމަށް ލަޒާރިނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

TTH_advertisement