ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެއިން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައިފި

Rasmale

މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ރަސްމާލެ ތަރައްޤީ ކުުރުމުގެ މަޝްރޫޢުގެ ދަށުން ކ. ފުށިދިއްގަރުފަޅުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައިފި އެވެ.

އެ މަސައްކަތް ކުރަމުންދާ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ވަނީ އެ މަސައްކަތްގެ އަދާހަމަ މިއަދު އާންމުކޮށްފަ އެވެ. ހިއްކުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއެކު އެ ކޯޕަރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފުށިދިއްގަރުފަޅުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް ބިން ހިއްކުން މިހާރު ވަނީ ތިންގުނަ އަވަސް ކޮށްފަ އެވެ.

‘ކްރިސްޓަބެލް ކޮލޯން” ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރުން އެކަތި ރާއްޖެއަށް ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުއިކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސްވަނީ ނިންމަވާފަ އެވެ.

އޭގެ އިތުރަށް އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ