ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Ii

ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ސާރވިސް ޗާޖް، ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރުކުރުން ހުއްޓުވައި، އެ ފައިސާ މުވައްޒަފުންނަށް ޑޮލަރުން ދޭން ނުވަތަ ސާރވިސް ޗާޖު ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން ދޭން ލާޒިމް ކުރާގޮތަށް، ވަޒީފާއާބެހޭ ޤާނޫނު އިޞްލާޙުކުރަން މިއަދު ހުށަހަޅައިފިއެވެ.

މި އިޞްލާޙު މަޖިލީހަށް ހުށަހެޅީ ކެންދޫ ދާއިރާގެ މެންބަރު، މަޢުރޫފް ޒާކިރުއެވެ.

މަޢުރޫފް ހުށަހެޅި އެ އިޞްލާޙުގައި ވަނީ، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެގޮތުން، ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެކަމަށާއި ސާރވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތުން ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް، އެފަދަ މުވައްޒަފުންނަށްވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި އިޞްލާޙު ހުށަހެޅި ސަބަބެއްގެ ގޮތުގައި މަޢުރޫފް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން 10 ޕަސެންޓަށްވުރެ މަދު ނޫން ޢަދަދަކުން ސާވިސް ޗާޖު ނަގަންވާނެ ކަމަށާއި އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތުން ބެހުމުގެ ބަދަލުގައި، އެ ފައިސާ މާރުކޮށްގެން ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ދިނުމުގެ ސަބަބުން، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް، ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭތީކަމަށެވެ.

އެހެންކަމުން، މި ބިލު ހުށަހެޅީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ސާވިސް ޗާޖު ލިބުމުގެ ޙައްޤު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައިކަމަށް، މަޢުރޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

Ii

މެންބަރު މައުރޫފް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

990

މެންބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

Ii

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެމިލިއަނާ ގާތްވެފައިވެއްޖެ

TTH_advertisement