ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު ހަށިތައް ފެނި ލަންކާއިން މަރުވި މީހުންގެ އަދަދު 627 އަށް، މޫސުން ގޯސްވެދާނެކަމުގެ އިންޒާރުވެސް ދީފި

ވިއްސާރައިގައި ލަންކާގައި ފެންބޮޑުވެފައިވާ ސަރަހައްދެއް:

ތޫފާން ދިތުވާގައި ސްރީލަންކާއިން ގެއްލުނު އިތުރު މީހުންގެ ހަށިތައް ރެސްކިއު ޓީމުތަކުން ހޯދައިފިއެވެ.

އިއްޔެއާ ހަމައަށް 214 މީހަކު ގެއްލިފައިވާއިރު، އިތުރު ހަށިތައް ފެނުމާއެކު، މިހާތަނަށް ނުފެންނަ މީހުންގެ އަދަދު 190 އަށް ތިރިވެފައިވާ ކަމަށް، ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އިތުރު މީހުންގެ ހަށިތައް ފެނުމާއެކު، ތޫފާނުގައި މަރުވި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު މިހާރުވަނީ 627 އަށް އަރާފައެވެ.

ގެއްލިފައިވާ މީހުން ހޯދުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސްރީލަންކާ އަސްކަރިއްޔާއާއި، ފުލުހުންނާއި، ސްރީލަންކާގެ ވޮލަންޓިއަރުންނާއި، ބޭރުގެ ޓީމުތަކުން ގެންދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ، ތޫފާނާއެކު އައި ވިއްސާރައިގެ އަސަރު ސްރީލަންކާގެ އާބާދީގެ 2.17 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ، ތޫފާނުގައި 80،500 ގެދޮރު ހަލާކުވި ކަމަށެވެ.

އޭގެ ތެރެއިން 4،517 ގެދޮރު އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، 76،066 ގެދޮރުން ބައެއް ހަލާކުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެތައްހާސް އާއިލާއެއް އަދިވެސް ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދާއިރު، ސަރަހައްދުތައް ސާފުކުރުމާއި، ހަލާކުވެފައިވާ ގެދޮރު އަލުން ހެދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެއެވެ.

ވިއްސާރައިގައި އެންމެބޮޑު ގެއްލުންތައް ލިބުނު ނޫރަލިއާއަށް ދެވޭ ހުރިހާ މަގުތައް މިހާރުވަނީ ސާފުކޮށް އަލުން ހުޅުވާފައެވެ.

އެކަމަކު، ސްރީލަންކާގެ ބައެއް ޕްރޮވިންސް ތަކަށް ވިދާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެގޮތުން، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ސްރީލަންކާގެ ހުޅަނގުގެ ސަރަހައްދުތަކާއި، ސަބަރަގަމުވަ ޕްރޮވިންސާއި، ގޯލްއާއި މަޓާރާ ޑިސްޓްރިކްޓްގައެވެ.

ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

މިއީ، ތޫފާން ދިތުވާގައި ކުރިންވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ސަރަހައްދުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު

ކުށްކުރާ މީހުން ހިފައި ހައްޔަރުކުރަން މުޅި ސްރީލަންކާގައި ޚާއްސަ އޮޕަރޭޝަނެއް، 857 މީހުން ހައްޔަރުކުރި

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީގެގޮތުގައި މިހާތަނަށް 13 ބިލިއަން ރުޕީސް ދޫކުރެވިއްޖެ: ސްރީލަންކާ ސަރުކާރު

ވިއްސާރައިގައި އޭޝިޔާއިން މަރުވި މީހުންގެ އަދަދު 1،750 އަށް، ބައެއް ގައުމުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހެނީ