ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ވިއްސާރައިގައި އޭޝިޔާއިން މަރުވި މީހުންގެ އަދަދު 1،750 އަށް، ބައެއް ގައުމުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހެނީ

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި:

އޭޝިޔާގެ ބައެއް ގައުމުތަކަށް ތޫފާން އެރުމާއި، ގަދަ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 1،750 އަށް އަރައިފިއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ހިނގާފައިވާއިރު، ގެއްލިފައިވާ މީހުން ހޯދުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޓީމުތަކުން އަދިވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތައް ލިބި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިންޑޮނޭޝިޔާ، ސްރީލަންކާ އަދި ތައިލެންޑުންނެވެ.

ވިއްސާރައިގައި އިންޑޮނޭޝިޔާގެ ސުމަޓްރާއާއި، އަސޭ ޕްރޮވިންސުން 908 މީހުން މަރުވެފައި ވާއިރު، 410 މީހަކު އަދިވެސް ނުފެނެއެވެ. 8 ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައި ވެއެވެ.

އިންޑޮނޭޝިޔާއަށް އަދިވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ސްރީލަންކާއަށް އެރި ތޫފާނުގައި 607 މީހުން މަރުވެފައިވާކަން ސްރީލަންކާ ސަރުކާރުން ކަށަވަރު ކޮށްދީފައި ވާއިރު، 214 މީހަކު އަދިވެސް ނުފެނެއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވިދާޅުވީ، މިއީ ސްރީލަންކާ މިހާތަނަށް ތަޖުރިބާކުރި އެންމެ ގޮންޖެހުން ބޮޑު ގުރުރަތީ ކާރިޘާ ކަމަށެވެ.

ވިއްސާރައިގެ އަސަރު ދެމިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައި ވާއިރު، މިއީ އާބާދީގެ ގާތްގަނޑަކަށް ދިހައެއް އިންސައްތައެވެ.

ސްރީލަންކާގެ ބައެއް ހިސާބުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހޭތީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ އިދާރާތަކުން އިންޒާރު ކުރެއެވެ.

ސްރީލަންކާގެ ނޭޝަނަލް ޑިޒާސްޓަރ ސެންޓަރުން ބުނެފައިވަނީ، ވިއްސާރައިގެ ސަބަބުން 71،000 ގެދޮރު އެކަށް ހަލާކުވެފައިވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ތައިލެންޑުން 276 މީހުން މަރުވެފައި ވާއިރު، މެލޭޝިޔާއިން ދެމީހުން އަދި ވިއެޓްނާމުން ދެމީހުން މަރުވެފައި ވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އޭޝިޔާއަށް ބާރުގަދަ ދެ ތޫފާން އަރާފައި ވެއެވެ. މިކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ނަތީޖާއެއްގެ ގޮތުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ހިނގާފައި ވެއެއެވެ.

މިއީ، ވިއްސާރައިގެ އަސަރު އޭޝިޔގެ ގިނަ ގައުމުތަކަށް އެއްފަހަރާ ކުރި ފުރަތަމަ ފަހަރު ކަމަށް، ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކުގ ނަތީޖާ ކަމަށްވެސް ގެންދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީގެގޮތުގައި މިހާތަނަށް 13 ބިލިއަން ރުޕީސް ދޫކުރެވިއްޖެ: ސްރީލަންކާ ސަރުކާރު

ބޯކޮށް ވާރޭވެހި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ، މައްކާ ޕްރޮވިންސްގެ އެހެން ސިޓީތަކަށްވެސް ވިއްސާރަ

ތައިލެންޑާއި ކެމްބޯޑިއާއިން އަލުން ހަމަލާތައް ބަދަލުކުރަން ފެށުން: އެކަން ހުއްޓާލަން މެލޭޝިޔާގެ އިލްތިމާސް

އިތުރު ހަށިތައް ފެނި ލަންކާއިން މަރުވި މީހުންގެ އަދަދު 627 އަށް، މޫސުން ގޯސްވެދާނެކަމުގެ އިންޒާރުވެސް ދީފި

TTH_advertisement