ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދާނެ: އިހުސާން

muiz police

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށް ފުލުހުންގެ އިތުބާރު ނުހޯދެއްވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް މިނިސްޓަރު ރައްދު ދެއްވައިފަ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވަނީ އިހުސާން އުޅުއްވަނީ ފެތެމުންދާ ބޯޓު އިތުރަށް ފައްތާލަން ކަމަށާއި ފުލުހުންގެ އިދާރާ ދިފާއު ކުރައްވަން އޭނާ މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ. ފުލުހުން ސަލާމަތްކޮށް ދިފާއު ކުރުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ކުރައްވައިފައި ޔާމީން މިހާރު އިންނަވަނީ ސިޓިންރޫމުގައި އިނދެގެން އެ ވާހަކަތައް ދެއްކެވުމަށް ކަމަށެވެ. އޭގެ ބަދަލުގައި ވެރިކަމުގައި އެ މަސައްކަތް ކުރެއްވި ނަމަ ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ލިބުނީސް ކަމަށް އިހުސާން ވިދާޅުވި އެވެ.

ﷲގެ އިރާދަފުޅާއެކު މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ އަދި ޔާމީން ވެސް ފަހުރުވެވަޑައިގަންނަވާ މުއައްސަސާއަކަށް ކަމަށާއި އެ ކަން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި ވަތަން ދެކެ ލޯބިވާ މީހުންނަށް ވުމާއި އެ މީހުންގެ މަސައްކަތަކާ މެދު ފަހުރުވެރިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ފުލުހުންގެ އިދާރާގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ދެނެވަޑައިގެން އެ ކަންކަން ރަނގަޅު ކުރެއްވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކުގަ ކަމަށް އިހުސާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އާދަމް
ގާނޫނާ އެކަހެރިވެ މަތިން އަންނަ އޯޑަރަށް މަސައްކަތް ކުރަން ޖެހޭނަމަ ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ނުލިބޭނެ

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ