ކުއްލި ޚަބަރު

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް ވަޑައިގެންފި

އިންތިހާބު އިންސާފުވެރިނުވާނެ ކަަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރުމަތިލެއްވި އިކްރާމް ނަން ނަގައިފި

ފަންސަވީސް ހާސް މަސްދަޅު ކޭސް ގެންދިޔަ ބޯޓު ކޮޅުނބަށް ބަނދަރުކޮށްފި

ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާކުރާ، މަސްދަޅު ކޭސްތައް ހިފައިގެންދިޔަ ބޯޓު މިއަދު ހެނދުނު ލަންކާއަށް ބަނދަރުކޮށްފިއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުންނެވެ.

ދިވެހި ސަރުކާރުން ވަނީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާކުރައްވާފައެވެ. މި މަސްދަޅު ކޭސްތައް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރުގައެވެ. އެމްއެސްއެސްއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ބޯޓު ރޭގެ ވަގުތެއްގައި ލަންކާއަށް ގޮސްފައިވާކަމަށާއި މިއަދު ހެނދުނު ބަނދަރުކޮށްފައިވާކަމަށެވެ. ހަދިޔާކުރި މަސްދަޅު ކޭސްތައް، މިއަދު ރަސްމީކޮށް އެ ޤައުމާ ހަވާލުކުރާނީ ދިވެހި އެމްބަސީގެ ފަރާތުންނެވެ.

މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ދިވެހި ސަރުކާރުގެ އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާ ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން، މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާވެސް މިހާރު ވަނީ، ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ. ތޫފާން ދިތުވާގައި ސްރީލަންކާއިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ. އަދި އެ ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

އެމް.ޕީ.އެލް އިން އެމް.އެސް.އެސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

“ވިމެން އިން މެރިޓައިމް” ހޭލުންތެރިކަން އިތުރުކުރުމާއި ޚާއްސަ ތަމްރީނު ސެޝަން ކުރިއަށް ގެންގޮސްފި

TTH_advertisement