ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

ލަންކާގައި އުޅޭ ދިވެހީން ކުރިއަށްގެންދާ އެހީގެ ހަރަކާތް ވަރަށް ކާމިޔާބު!

990

ސްރީ ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ތަކެތި ހޯދުމަށް، އެ ގައުމުގައި އުޅޭ ދިވެހިން ފަށާފައިވާ ހަރަކާތް ވަރަށް ކާމިޔާބު ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

ތޫފާން ދީތުވާގައި ލަންކާއަށް ކުރި ބޯ ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފައެވެ. އެ ހާސިސާގައި 460 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ލަންކާ އެމްބަސީގެ އިސް އޮފިޝަލަކު ވިދާޅުވީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެގައުމުގައި އުޅޭ ދިވެހީން ހިންގާ ހަރަކާތް ކާމިޔާބުކަމާއެކު އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ މިރޭ 8:00އާ ހަމައަށެވެ.

“މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން،” އޮފިޝަލް ވިދާޅުވިއެވެ.

ހަރަކާތުގައި އެއްކުރަނީ އެ ގައުމުގެ ސަރުކާރުގެ އެކި އިދާރާތަކާއި ލަންކާ ރިލީފް ފަންޑަށް ހޯދުމަށް އެންމެ ބޮޑަށް ބޭނުންވާ ސާމާނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް އިދާރާތަކުން ވަނީ ނެރެފައެވެ. އޭގެ ތެރޭގައި އަންނައުނާއި ސެނިޓަރީ ޕެޑާއި ކުޑަކުދިންނަށް ބޭނުންވާ އެކި ސާމާނާއި ކިރު ދަޅާއި ސައިބޯންޏާއި ދަތްއުނގުޅާ ބޭހާއި ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ.

މި ހަރަކާތުގެ އިތުރުން ވެސް ލަންކާގައި ދިރިއުޅޭ އެކި އެކި ދިވެހީން ދަނީ އެ ގައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުންނެވެ. އެގޮތުން ޓިކްޓޮކް ތަރި މަރިޔަމް ސަމާ ވެސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

“ލަންކާގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަނޭ ދިވެހީންގެ އެހީތެރިކަން. އެކި އެކި ފަރާތްތަކުން އަންނަނީ އަޅުގަނޑުމެންނަށް މެސެޖްކޮށް ޝުކުރު ދަންވަމުން،” އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި ކޮލަމްބޯގައި ދިވެހިން އުޅޭ ބައެއް ގެތަކަށް ފެން ވަދެ، ހާލުގައި ހަތަރު ގެއަކުން މީހުން ވަނީ ހުސްކޮށްފައެވެ. އަދި ނެގޮމްބޯގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށް ވެސް އެމްބަސީން ވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.

ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ވަނީ ހަދިޔާކޮށްފައެވެ. މަސްދަޅު ކޭސްތައް ހިފައިގެން ގައުމީ ޝިޕިން ކުންފުނީގެ ބޯޓެއް ބުދަ ދުވަހުގެ ރޭ ވަނީ ލަންކާއަށް ފުރާފަ އެވެ.

އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ވެސް 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ލިބުނެވެ. އެ ފައިސާ ޕީއެސްއެމް އިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ލަންކާ ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

Mm

ޗަމްޕާގެ ރިސޯޓްތަކުން ސްރީލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއެއް

117

ލަންކާއިން ނުފެނިގެން އުޅުނު ދިވެހި އައިލާއާ ގުޅިއްޖެ، އެންމެންގެ ހާލު ވެސް ރަނގަޅު

117

ލަންކާގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއް ގެއްލިގެން ހޯދަނީ

TTH_advertisement