ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގައި ޑްރަގް ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހައްޔަރުކޮށްފި

990

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހުން ހޯދުމަށް، މުޅި ރާއްޖޭގައި ފުލުހުން ފަށާފައިވާ ‘އޮޕަރޭޝަން އަލިމަގު’ގެ ދަށުން އައްޑޫގައި ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުސް އޮފީހުން މިއަދު ބުނީ އެ އޮޕަރޭޝަނުގެ ދަށުން އިއްޔެ ރޭ ހައްޔަރުކުރީ، އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓުވޯޓުގެ އިސް މީހުން ކަމަށެވެ.

ފުލުހުން ބުނީ މިއީ 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބައެއް ކަމަށެވެ. އެ ނެޓުވޯކުގެ އިސް މީހުން ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުން ކަމަށާއި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީލޯންޑާ ކުރުމުގެ ތުހުމަތު ކުރެވޭ ކަނަށް ފުލުހުން ބުންޏެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ނެޓުވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ